އޭދަފުށިން 100 ގޯތިދޫކުރުމާމެދު މަޝްވަރާކުރަނީ؟!

12744169_587889751376666_1018488152234311035_n-702x432.jpg

އެންމެފަހުން ގޯތިދޫކުރިތާ 27 އަހަރުފަހުން ، މިއަހަރު ބ. އޭދަފުށިން ގޯތި ދޫކުރުމާމެދު ކައުންސިލުން ވިސްނަމުންދާކަން އޭދަފުށީ ކައުންސިލް މެމްބަރ މުހައްމަދު ރިޒާ ހާމަކުރައްވައިފިއެވެ.

2017 ވަނަ އަހަރުގެ އޭދަފުށީގެ ތަރައްޤީގެ މަޝްރޫއުތަކާ ބެހޭގޮތުން އީވީއާ ވާހަކަ ދައްކަވަމުން ރިޒާ ވިދާޅުވީ އޭދަފުށީގެ ހިއްކި ބިމާ ނުލައިއޮތް ކުރީގެ ރަށުގެތެރެއިން 100 ގޯތިނެގޭނެކަމަށާ، އެކަން ބަލަމުންދާކަމަށެވެ. އޭނާ ވިދާޅުވީ މިމައްސަލަ އަންނަހަފްތާތެރޭގައި ރައީސަށް ދެންނެވުމަށް ވިސްނާ ކަމަށާ، މިކަން ކާމިޔާބުކުރުމަށް ނުފުރޮޅާ އެންމެގާކޮޅެއްވެސް ނުބާއްވާނެކަމަށެވެ.

“ބަފަޒޯން އޭ މިކިޔާތަނުން 100 ގޯތި ނެގޭނެ ހިއްކިބިމަށް ނާރާވެސް. މިފެށޭ ހަފްތާތެރޭގައި ރައީސް ޔާމީނަށް ދެންނެވޭވަރުވާނެ މިކަން ހަމަޖައްސަވައިދެއްވުމަށް، ދެން ހައުސިން މިނިސްޓަރަށްވެސް ދެންނެވޭނެ. އަޅުގަނޑު ޕާސަނަލީ މިކަމުގައި ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ނުބާއްވާނެ” ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ މިވަގުތަށް 100 ގޯތި ދޫކުރެވިއްޖެނަމަ، ގޯތި ނުލިބިގެން ދިރިއުޅުމަށް ދަތިވެފައިވާ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ހަމަޖެހުމަކަށް ގެނެވޭނެކަމަށާ، މިކަން ކުރެވެން އޮތްނަމަ ނުކުރަންވީ އެއްވެސް ސަބަބެއްނެތްކަމަށެވެ. އަދި ކައުންސިލްގެ އަންނަ ދައުރުގެ ތެރޭގައި މިކަން ތަންފީޒުކުރުމަކީ އަމާޒެއްކަމަށްވެސް ރިޒާ ވިދާޅުވިއެވެ.

“ސަތޭކައެއްހާ ގޯތި ދޫކޮށްފިއްޔާ ވަރަށް ބޮޑަށް ބާރުގަނޑު ކެނޑޭނެކަމަށް ބެލެވެނީ. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ ކައުންސިލްގެ އަންނަ ދައުރުގައި، މިގޯތިތައް ރައްޔިތުންނަށް ދޫކޮށްދެވޭނެ”

އޭދަފުށިން ގޯތި ދޫކުރުމާމެދު ވިސްނަމުންދާކަން އޭދަފުށީ ކައުންސިލުން ހާމަކުރިއިރު، ގޯތި ހޯދުމަށްއެދި 2005 ވަނަ އަހަރު 200 އެއްހާމީހުން އޭދަފުށީ ކައުންސިލަށް ސިޓީލާފައިވެއެވެ. އާންމުން ދިރިއުޅުމަށް އެންމެފަހުން އޭދަފުށިން ގޯތި ދޫކޮށްފައިވަނީ 1989 ވަނައަހަރުއެވެ. އޭދަފުއްޓަކީ ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ރަށެކެވެ. ހަަމައެއާއެކު އޭދަފުށީގައި ގޯތި ބޭނުންވެފައިވާ މީހުންގެ ދިގު ކިޔޫއެއްވެސް އެބައޮތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top