ހެނދުނުގެ ނާސްތާ ދޫކޮށްލައިގެން ހަށިގަނޑަށް ގެއްލުން

Eating-breakfast.jpg

ހެނދުނުގެ ނާސްތާ ނުނަގައި ދޫކޮށްލުމުން ފަލަވުމަށް މަގުފަހިވާ ކަމަށާއި މީގެ ސަބަބުން ހައި ކެލަރީސް އެކުލެވޭ ބާވަތްތަކުގެ ކާނާ ދުވަހުގެ ބާކީ އޮންނަ ވަގުތު ތަކުގައި ބޭނުން ކުރެވޭ މިންވަރު އިތުރުވެގެންދާ ކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިންގެ ހޯދުންތަކުން ދައްކައިފި އެވެ.

އެކާވީސް މީހުން ބޭނުން ކޮށްގެން ސައިންޓިސްޓުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ހެނދުނުގެ ނާސްތާ ދޫކޮށްލުމުން ކާ އެއްޗިއްސަށް މާބޮޑަށް ހިތްޖެހި މެންދުރުގެ ކެއުމުގައި ބޭނުންކުރާ މިންވަރު އިތުރުވެގެންދެ އެވެ. އަދި ޑައެޓް ކުރުމުގެ ނިޔަތުގައި ހެނދުނުގެ ނާސްތާ ދޫކޮށްލުމުގެ ސަބަބުން ސަރުބީގެ ބާވަތްތައް އެކުލެވޭ ކާނާ ގިނައިން ބޭނުން ކުރެވޭ ގޮތް ވެސް ވެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ސަރުބީ އިތުރުވެ، ބޭކާރު ސަރުބީ ގައިގައި ޖެހުން އިތުރުވެގެންދާ ކަމަށްވެސް ސައިންސްވެރިންގެ މި ދިރާސާގައި ބުނެ އެވެ.

ހެނދުނުގެ ނާސްތާ ބޭނުން ކުރުމުގެ ސަބަބުން ހަކުރު އެއްވަރެއްގައި ހިފަހައްޓައިދީ، ޒުވާންކަން ގިނަ ދުވަހަށް ދެމެހެއްޓުމުގެ އިތުރުން ތޫނުފިލިކަން އިތުރުކޮށްދޭ ކަމެއްކަމަށް ވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މި ދިރާސާ ބުނާ ގޮތުން ހެނދުނުގެ ނާސްތާއަކީ ކެއުމުގެ ރޫހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top