އެއަރފްރެޝްނަރ ތައްޔާރުކުރަމާ !

diy-air-freshener-homemade-cover-updated.jpg

ގޭތެރޭގައި ނުބައިވަހެއް ދުވާނަމަ ނުވަތަ ކޮޓަރިތެރޭގެ ވަސްމީރުކޮށްލަން ބޭނުންވާނަމަ އަހަރެމެންގެ އާދައަކަށް ވެފައިއޮންނަނީ އެއަރފްރެޝްނަރ ފުޅިއެއް ގަނެގެން ގެނެސް ސްޕްރޭ ކޮށްލުމެވެ.

މިސާލަކަށް ފިޔާ ކޮށުމަށްފަހު އޭގެ ދިލައާއި ވަސް ފިލުވާލުމަށްވެސް އަންހެނުން އެންމެ އަވަހަށް ދުއްވައިގަންނާނީ އެއަރ ފްރެޝްނާ ފުޅިއަކާ ދިމާލަކަށެވެ.

މިއާޓިކަލްގައި މި ދަންނަވަނީ އެއަރފްރެޝްނަރއަށް ކުރާޚަރަދު މުޅިން ހުއްޓާލާފައި އެއަށްވުރެ މާ އިފްކެޓިވް އަސްލު އެއަރ ފްރެޝްނާ އެއް ތައްޔާރު ކުރާނެ ގޮތެވެ. ވިއްކަން ހުންނަ އެއަރ ފްރެޝްނާގެ ބަދަލުގައި ގޭގައި ތައްޔާރުކުރާ މި އެއަރ ފްރެޝްނާގައި މީރުވަސް ހުރުމާއެކު ގިނަ ވަގުތު އެވަސް ދެމި ހުންނާނެއެވެ. ގެއަށް އަންނަ މެހްމާނުންވެސް މިވަހަށް މާބޮޑަށް ގަބޫލު ވާނެއެވެ.

މި އެއަރފްރެޝްނަރ ތައްޔާރުކުރުމަށް އަގުބޮޑު ތަކެއްޗެއް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ:

• ސްޕްރޭ ކުރެވޭ ކަހަލަ ފުޅިއެެއް
• 1 މޭޒުމަތީސަމުސާ ބޭކިންގ ސޮޑާ
• 3 ޖޯޑު ތާފަނާފެން
• 3 މޭޒުމަތީ ސަމުސާ ފެބްރިކް ސޮފްޓްނަރ

ތައްޔާރު ކުރާނޭ ގޮތް 

• ސްޕްރޭ ކުރާ ފުޅިއަށް 3 ސަމުސާ ސޮފްޓްނަރ އަލާލާށެވެ.
• އެއަށް ފަހު 3ޖޯޑު ތާފަނާފެން އެފުޅިއަށް އަޅާލާށެވެ.
• އެންމެ ފަހުން އޭގެ ތެރެއަށް 1 ސަމުސާ ބޭކިންގޕައުޑަރ އަޅާލާށެވެ.
• 3 ބައި ރަނގަޅަށް މިކްސް ވަންދެން ޝޭކް ކޮށްލާށެވެ.
• ގޭގައި ތައްޔާރުކުރި މިސްޕްރޭ ސްޕްރޭ ކޮށްލަން ފަށާށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top