ދަރަވަންދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ފަށައިފި

b_kR2nLWGIqiUuTKuf78jOLNBxq.jpeg

ބ. ދަރަވަންދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން އެމަސައްކަތް ހަވާލުކޮށްކޮށްފައިވާ އެމްޑަބްލިޔުއެސްސީން ބުނީ، ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެރަށަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ކުރިޔަށްދަނީ ނަރުދަމާ ނިޒާމްގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތްތައް ކަމަށެވެ.

މިމަޝްރޫއުގެ ދަށުން ދަރަވަންދޫގައި 9.54 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކުރުމާއި، 780 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް ގާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.

މި މަޝްރޫއުގެ އަގަކީ 40.29 މިލިއަން ރުފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top