ހީކުރިގޮތެއްނޫން. އޭދަފުށްޓަށް މޮޅެއްނުވެވުނު

k2.jpg

“މިނިވަން50 ޗެލެންޖްޝިޕް” ފުޓްބޯޅަ މުބާރާތުގެ އުތުރުޓީމްތަކުގެ ފައިނަލް ބުރުގައި މިއަދު ކުޅެވުނު މާމިނގިލީ- އޭދަފުށީގެ މެޗް ނިމުނީ ހީކުރިގޮތާ ޚިލާފަށް 4-4ން އެއްވަރުވެގެންނެވެ.

ކުޅުދުއްފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މިމެޗް ފެށުމާއެކު އިރުކޮޅެއްގެ ތެރޭގައި މާމިގިލިން ވަނީ މިއަދުގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑް ހޯދާފައެވެ. އެހެންނަމަވެސް އޭގެ ތިން މިނިޓްފަހުން އޭދަފުށިވެސް ލަނޑެއް ޖަހައި މެޗް އެއްވަރު ކުރިއެވެ. ވިނަ ދަނޑެއްގައި އަލަށް ކުޅޭ އޭދަފުށީ ކުޅުންތެރިންނަށް ދަނޑަށް ނުހޭނެވި އުޅެނިކޮށް އަނެއްކާވެސް 35 ވަނަމިނިޓްގައި މާމިގިލީ ޓީމް ދެވަނަލަނޑު ޖެހިއެވެ. އަދި އޭގެ ހަމަ ކުޑައިރުކޮޅެއްގެ ފަހުން ޖެހި ތިންވަނަ ލަނޑާއެކު ފުރަތަމަހާފް ނިމުނީ 3-1ން މާމިނގިލި ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި މުޅި މެޗް ނޮމިނޭޓްކުރީ އޭދަފުށި ޓީމެވެ. ނަތީޖާއަކީ ފަހަތުން އަރައި ތިންލަނޑު ޖަހައިގެން4-4ން މެޗްހަމަހަމަ ކުރުމެވެ.

މިމެޗާ ބެހޭ ގޮތުން އޭދަފުށި ޓީމުންބުނީ މިއަދުގެ މެޗްގައި މިކަހަލަ ހީ ނުކުރާ ގޮތެއް މެދުވެރިވާން ޖެހުނީ ވިނަ ދަނޑެއްގައި ކުޅެން ޖެހުމާއެކު ބޭކާރު ލަނޑުތަކެއް ފުރަތަމަ ހާފްގެ އެހާކުރީކޮޅުގައި ގޯލަށް ވަނުމުގެ ސަބަބުންކަމުގައެވެ.

މި މުބާރާތުގައި ދެން އޭދަފުށި ބައްދަލުކުރާނީ އަންނަ ބުރާސްފަތު ދުވަހު ހދ. ނޮޅިވަރަމާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top