28 ސްކޫލެއްގައި މަސައްކަތްތެރިކަން ދަސްކޮށްދޭން ފަށަނީ

EIqfhcxXUAASJ65-876x584.jpg

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ މަޖިލީހުގައި - ފޮޓޯ: މަޖިލިސް

މަސައްކަތްތެރިކަމުގެ ތައުލީމަކީ އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށާއި ރާއްޖޭގެ 28 ސްކޫލެއްގައި މަސައްކަތްތެރިކަން ދަސްކޮށްދޭން ފަށަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު، ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެމްބަރު ހަސަން ގާސިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ތައުލީމުގެ ގާނޫނުގެ ދަށުން ތައުލީމުގެ ނިޒާމުގެ ތެރޭގައި މަސައްކަތްތެރިކަން ހިމަނަން ލާޒިމްކޮށްފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ފުރަތަމަ މިބަލަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ރަނގަޅު މަސައްކަތްތެރިކަން ދަސްކޮށްދޭ ވޯކްޝޮޕެއް ބިނާކުރުން ކަމަށެވެ. އެގޮތުން ހުރިހާ އަތޮޅަކުންނާއި މާލޭ ސަރަހައްދުން 28 ސްކޫލެއް ފާހަގަ ކުރެވި އެ ސްކޫލުތައް ފަށައިގަތުމަށް ވޯލްޑް ބޭންކްގެ ފަންޑިންވެސް ލިބިފައިވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

”އޭގެ ތެރޭގައި ދެ ކަމަކަށް އަޅުގަނޑުމެން ފޯކަސް ކުރަން. އެއް ކަމަކީ ދަށު ގްރޭޑްތަކުގެ ކުދިންނަށް މަސައްކަތްތެރިކަމަށް އަހުލުވެރިކުރުމަށް ޖެނެރަލް ސްކިލްސް ދަސްކޮށްދިނުން. އަދި ދެވަނައަށް އަޅުގަނޑުމެން ކުރާ ކަމަކީ އެ ރަށެއްގައި އަޅުގަނޑުމެން ބޮޑަށް އެ ކުރާ މަސައްކަތެއް ސްކޫލުތެރެއިން ދަރިވަރުނަށް ދަށްކޮށް ދިނުމުގެ މަސައްކަތް އެތަނުގައި ފެށުން” މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރަމުން ދަނީ ރަށްރަށުގައި ކުރާ މަސައްކަތްތައް ދެނެގަނެ އަދި ތަކެތި ހޯދުމުގެ މަސައްކަތް ކަމަށާއި އަދި އުއްމީދުކުރަނީ 28 ސްކޫލެއްގައި މަސައްކަތް ދަސްކޮށްދިނުމުގެ މަސައްކަތް ފެށުން ކަމަށް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top