”އޭދަފުށީ ކައުންސިލް ފައިގަތަޅާ މުބާރާތް 2024“ ފަށަނީ

big_lOtnJtc8AxBbzgdwlsU9gFIhi.jpg

ފައިގަ ތަޅާ މުބާރާތެއް ކުރިއަށް ދަނީ

އޭދަފުށީ ކައުންސިލުން ”އޭދަފުށީ ކައުންސިލު ފައިގަތަޅާ މުބާރާތް 2024″ ގެ ނަމުގައި ފައިގަތަޅާ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ. އެއީ ޓީމު ފެހި، ޓީމު ބީއޭއީސީ، ވިދާތަރި، ބްލޫ ޑައިމަންޑް، ޑޮޖް ކުއީންސް، ޓީމު ހަށިހެޔޮ އަދި ޓީމް ލަކީ ގާލްސް އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8،000ރ.ގެ އިނާމު ލިބެއެވެ. ރަނާރަޕް ޓީމަށް އިނާމުގެ ގޮތުގައި 4،000ރ ލިބެއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ހަތް ބައިވެރިއެއް ހޮވުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އޭދަފުށީ ކައުންސިލުން ފައިގަތަޅާ މުބާރާތެއް ބާއްވަން ތައްޔާރުވަމުން އަންނަ އިރު، މިމަހު ފަހުކޮޅު ބެޑްމިންޓަން މުބާރާތެއް ވެސް ބާއްވާނެކަމަށް ވަނީ އިއުލާން ކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top