އޮނަރަރީ ކޮންސުލް ސްކޮލަރޝިޕްގެ ދަށުން ރާއްޖެއިން ބޭރުން ޑިގްރީ ފެންވަރަށް ކިޔެވުމަށް 30 ފުރުސަތު ހުޅުވާލައިފިއެވެ.
ކިޔެވުމުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭ މި ސްކޮލަރޝިޕްގައި ހިމެނެނީ ވިޔަފާރިއާ ގުޅުންހުރި އެކި ދާއިރާ ތަކުގެ ކޯސްތަކެވެ.
އޭގެ ތެރޭގައި ހިމެނެނީ ބެޗެލަރސް ޑިގްރީ އިން ބައޯޓެކްނޮލޮޖީ، ބެޗެލަރސް ޑިގްރީ އިން ކޮމްޕިއުޓަރ އެޕްލިކޭޝަންސް، ބެޗެލަރސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗެލަރސް ޑިގްރީ އިން ޓުއަރިޒަމް، ބެޗެލަރސް ޑިގްރީ އިން އިންގްލިޝް އަދި ބެޗެލަރސް ޑިގްރީ އިން ހޮޓެލް މެނޭޖްމަންޓްއެވެ.
މިިއިން ކޮންމެ ދާއިރާއަކުން 5 ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވާއިރު ކޯހުގައި ކިޔެވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބެންގަލޫރުގެ ގާޑެން ސިޓީ ޔުނިވަރސިޓީގައެވެ.
މި ކޯސް ތަކަށް ހުށަހެޅުމުގެ ޝަރުތު ތަކުގެ ތެރޭގައި ނީ ޖީސީއީ އޯލެވެލް، އައިޖީސީއެސްސީ އާއި އެސްސީސީ އިމްތިހާނުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފާސް އޮންނަން ޖެހެއެވެ.
މިފުރުސަތުގައި ސްކޮލަރޝިޕް ލިބޭނީ ކޯސް ފީއަށެވެ. ކޯހަށް ހޮވޭ ކެންޑިޑޭޓުންގެ ދެކޮޅު ޓިކެޓް، ބުކް އެލަވަންސް، ޔުނިވަރސިޓީ ރެޖިސްޓްރޭޝަން ފީ، އިންޝުއަރެންސް، ވިސާ އަދި ކޯހާ ގުޅޭ އިތުރު ޚަރަދުތައް ބަލަހައްޓަންޖެހޭނީ އެ ދަރިވަރަކު އަމިއްލައަށެވެ.
ފޯމު ހުށައެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 25ވަނަ ދުވަހުގެ 12:30ގެ ނިޔަލަށެވެ.