ހުރިހާ ރަށަކަށް ޖޫންގެ ކުރިން އެމްބިއުލާންސް ހަމަވާނެ

img_md_202103170310111615975811.3875.jpg

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް --ފޮޓޯ :މަޖިލިސް

ރާއްޖޭގެ ހުރިހާ ރަށަކަށް އަންނަ ޖޫންމަހުގެ ކުރިން އެންބިއުލާންސް ހަމަވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އެންބިއުލާންސް ލިބޭނެ ދުވަހަކާ ގުޅޭގޮތުން މިއަދު މަޖިލީހުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެންބިއުލާންސް ހަމަކުރުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

“ރާއްޖޭގައި އެންބިއުލާންސް ބޭނުންވާ ރަށްތަކާއި މިހާރު ބޭނުން ކުރަމުންދާ ރަށްތަކުގެ ތެރެއިން އެންބިއުލާންސް ހަލާކުވެފައިވާ ރަށްތައް ދެނެގަނެވި އެންބިއުލާންސްތައް ލިބުމުން އެރަށްތަކަށް ފޮނުވުމަށް ވަނީ ހަމަޖެހިފައި. އަދި މިހާރު ތާވަލް އޮތް ގޮތުން އޭޕްރީލް މަހުގެ ތެރޭގައި އެންބިއުލާންސްތައް ލިބެން ފަށާނެ،” ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ގެންނަ އެންބިއުލާންސް ތަކަކީ މިނިސްޓްރީން ގަނެގެން ގެންނަ އެންބިއުލާންސާއި ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބޭ އެންބިއުލާންސް ތަކެއް ކަމަށެވެ. އަދި އަމާޒަކީ މި އެންބިއުލާންސްތައް ރާއްޖެއަށް ގެނެވި މިއަހަރުގެ ޖޫން މަހުގެ ކުރިން ހުރިހާ ރަށެއްގައި އެންބިއުލާންސް ހަމަކުރުން ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުން ވަނީ ގިނަ ރަށްރަށުގެ އެމްބިއުލަންސް ނެތުމުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެކަން ބޮޑުވުންތަކާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ ކަންބޮޑުވުން ހުރި ރަށްތަކަށް އަދި ޚާއްސަކޮށް، އެންމެ ބޮޑަށް މިކަމުގެ ބޭނުން ޖެހިފައިވާ ރަށްތަކަށް އަވަސް ގޮތަކަށް އެންބިއުލާންސް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top