ކަސޯޓީގައި މިސްޓަރ ބަޖާޖަކީ ކާކު؟

karan-singh-grover-is-all-set-to-charm-you-as-mr-bajaj-in-kasautii-zindagi-kay2-001.jpg

ހިންދީ ޑްރާމާ ސީރީޒްތަކުގެ އަވާގައި ޖެހިފައި ތިބި މީހުންގެ އެންމެ މަގްބޫލު ސީރީޒްއަކީ ސްޓާރޕްލަސް އިން ގެނެސްދޭ ކަސޯޓީ ޒިންދަގީކޭ ކަމީ އޮޅުމެއް އޮތް ކަމެއް ނޫނެވެ. މި ޑްރާމާގެ އިޝްތިހާރުގައި މިހާރު މިސްޓަރ ބަޖާޖް އަންނަ ތަން ފެނެއެވެ. ނަމަވެސް އެކްތާ ކަޕޫރު ބޭނުންވަނީ އަދިވެސް ބެލުން ތެރިން ތަޅުވާލަން ކަމަށްވާތީ ސާފުކޮށް އެއީ ކާކުކަމެއް ނޭގެއެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން މިޚަބަރު ގެނެސް ދެމުން ބުނެފައިވާ ގޮތުގައި ކަސޯޓީ ޒިންދަގީކޭ ގެ ދެވަނަ ސީރީޒްގެ މިސްޓަރ ބަޖާޖްގެ ބައި މިހާރު ޝޫޓް ކުރަން ފަށައިފިއެވެ. އެގޮތުން މިސްޓަރ ބަޖާޖްގެ ބައި އަދާކުރަމުން ގެންދަނީ ހިންދީ ފިލްމްސްޓާރ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންގް ގްރޯވަރު އެވެ. ކަރަން ވަނީ މީގެ ކުރިންވެސް ޓީވީ ސީރީޒްތަކުން ފެނިފައެވެ.

ކަރަންގެ ވާހަކަ ސްޓާރ ޕްލަސް އިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް އެކަން އިއުލާން ކުރާނެ ކަމަށާ ޕްރޮމޯ ވީޑިއޯ ޝޫޓް ކުރުމަށްފަހު ސްވިޒަލޭންޑަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަސޯޓީ ޒިންދަގީކޭ ދައްކަމުން ގެންދަނީ ހޮނިހިރާ އަދިއްތަ ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު އަށެއް ޖަހާއިރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top