ތައްޓަށް އަމާޒެއް ނުކުރަން -އޭދަފުށީ ޓީމް ކޯޗް

ބައްޓޭ.jpg

އަންނަ ހަފްތާގައި މާލޭގައި ފަށަން ހަމަޖެހިފައިވާ 21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ކަމަށް އަމާޒު ނުކުރާކަމަށް އޭދަފުށީ ޓީމްގެ ކޯޗް، މުހައްމަދު ޒާހިދު (ބައްޓޭ) ބުނެފިއެވެ.

ޒާހިދު މިހެން ބުނީ ރޭ ކްލަބް އޭދަފުށި ޓީމުން އޭދަފުށިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ. އޭނާ ބުނީ މި އަހަރުގެ އަމާޒަކި ޒުވާން ކުޅުންތެރިން ތަކަކަށް މިލެވެލްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

“މިއަހަރު ކްލަބްގެ ބޯޑުން އަޅުގަނޑަށް ލަފާ ދީފައިވަނީ ކާމިޔާބަށްވުރެ ބޮޑަށް ޒުވާން ކުޅުންތެރިން ތަކަކަށް ފުރުސަތު ހޯދައިދިނުން. އެއީ އެންމެ ބޮޑު އެއް އަމާޒު. ދެވަނަ ކަމަކަށް އަޅުގަނޑުމެން ބޭނުން މި ލެވެލް ގައި ވެސް އޭދަފުއްޓަށް ވާދަ ކުރެވޭނެކަން ސާބިތު ކޮށްދޭން. “ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި ކޯޗް ބައްޓޭ ބުންޏެވެ.

އަންނަ ހޯމަ ދުވަހު ފަށާ މި މުބާރާތުގައި އޭދަފުށި ލައްވާލީ އިގަލްސް، މާޒިޔާ،  ގްރީން ސްޓްރީޓް އަދި ޔުނައިޓެޑް ވިކްޓަރީއާއެކު ގްރޫޕް ދޭއް ގައެވެ. ރާއްޖޭގެ ނަން މަޝްހޫރު މިފަދަ ބޮޑެތި ޓީމްތަކާ ވާދަ ކުރަން ޖެހުމަކީ ޖެހިލުން ވާކަމެއް ނޫންކަމަށާ މަރުގެ ގްރޫޕެއްގައި އޮތަސް އޭދަފުށި ފަސް ނުޖެހޭނެ ކަމަށް ބައްޓޭ ބުންޏެވެ.

“ދާދިފަހުން އޮތް ދޮންފަނު 23 އަހަރުން ދަށުގެ މުބާރާތް ޗެމްޕިއަންކަން އަޅުގަނޑުމެން ހޯދިޔަސް އެއީ އަތޮޅު ލެވެލްގެ މުބާރާތެއް. ވާދަކުރަން ޖެހޭ ގްރޫޕްގައި އެބައޮތް މި މުބާރާތުގެ ކުރީގެ ޗެމްޕިއަނުންތަކެއް. އެކަމަކުވެސް އަޅުގަނޑުމެން ކުޅުންތެރިން ފަހަކަށް ނުޖެހޭނެ. އިރާދަ ކުރެއްވިއްޔާ ރަނގަޅު ފައިޓެއް ދެވޭނެ.”

މީގެ އަށް އަހަރު ކުރިން ފެށި ޔޫތު ޗެމްޕިއަން ޝިޕްގައި 2013 އާއި 2014 ވަނަ އަހަރު އޭދަފުށި ވާދަ ކުރިއެވެ. މިއީ މި މުބާރާތުގައި އޭދަފުށި ވާދަކުރާ ތިންވަނަ ފަހަރެވެ.

މި މުބާރާތުގައި އޭދަފުށި ކުޅޭ ފުރަތަމަ މެޗްގައި ހޯމަ ދުވަހު ބައްދަލު ކުރާނީ ކްލަބް އީގަލްސް އާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top