ރޯދަމަހުގެ ރަސްމީ ގަޑިއަކީ 9 އިން 1 އަށް

Pic-5-1074x483-1.jpg

މި އަހަރުގެ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅައި އިއުލާނު ކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވަނީ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށެވެ.

ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވައިފައިވަނީ 2022 މާރިޗު 6 ގައެވެ.

ރަމަޟާން މަހު ރަސްމީ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ރައީސް އޮފީހުން އަންގާފައިވެއެވެ.

ރަމަޟާން މަހު ސަރުކާރުގެ އޮފިސްތައް ހުޅުވާގަޑި އިއުލާން ކޮށްފައިވާއިރު، މި ސަރުކާރުން ވަނީ ރަމަޟާން މަހުގެ ފަހު 10ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތައް ކަމުގައި ކަނޑައަޅައިފައެވެ. މިގޮތަށް ނިންމެވީ ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމު ކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ސަރުކާރުގެ ރިޔާސީ ވައުދަކަށްވާތީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top