ހޯމް ކަރަންޓީނުގައި މީހުންގެ ތެރެއިން ސާމްޕަލް ނެގި އެންމެން ނެގެޓިވް

20200705_135459.jpg

ފޮޓޯ :ނައުރީފް

ކޮވިޑް-19އަށް ފަހު މާލެއިން ބ.އަތޮޅުގެ ރަށް ރަށަށް އައިސް ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ސާމްޕަލް ނެގި 79 މީހެއްގެ ސާމްޕަލް ވެސް ނެގެޓިވް ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ބ.އަތޮޅުގެ އެކި ރަށްރަށުގައި މިއަދާ ހަމައަށް 115  މީހަކު ވަނީ ކަރަންޓީނު ވެފައެވެ.

ނެގެޓިވް ވި 79 މީހުން މިހާރުވަނީ ދޫކޮށްލާފައެވެ.

ބާކީތިބި 36 މީހުންގެ ތެރެއިން މިއަދުވަނީ އޭދަފުށިން 2 ސާމްޕަލް ފެހެންދޫއިން 1 ސާމްޕަލް، ހިތާދޫން 3 ސާމްޕަލް ނަގާފައެވެ.

ސާމްޕަލްތައް ޓެސްޓްކުރަނީ މާލެއިންނެވެ. ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ކޯވިޑް މަރުކަޒުން ޓެސްޓް ހެދުމަށް ތައްޔާރުވަމުންދާއިރު، ޓެސްޓް ހަދަން ފެށޭނީ މިކަމަށް މީހަކު ތަމްރީނު ކުރުމަށް ފަހުގައި ކަމަށް ބ.އަތޮޅު ހޮސްޕިޓަލުންބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top