ރާއްޖޭގައި ސައިކަލާއިކާރު ދުއްވޭނެ މުއްދަތު ކަނޑައަޅަނީ

cycle-round-3.jpg

ރާއްޖޭގައި ކާރާއި ސައިކަލް ދުއްވޭނެ މުއްދަތެއް ކަނޑައަޅައި އަންނަ ހަފްތާގައި އިއުލާނު ކުރާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

އެއޮތޯރިޓީގެ ނާއިބު އަބްރަޝީދު ނާފިޒު ބައެއް މީޑިއާތަކަށް މިކަމާބެހޭ މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގައި ކާރާއި ސައިކަލް ދުއްވޭނެ މުއްދަތެއްްކަނޑައަޅަން ޖެހޭ ކަމަށާއި އެކަން މިހާރު ހަމަޖެހިފައިވާ ކަމުގައެވެ.

އެގޮތުން އެ ގަވާއިދަށް އަމަލުކުރަން ފެށުމުން އަލަށް ރަޖިސްޓަރީކުރާ އާ ސައިކަލާއި ކާރު ރާއްޖޭގައި ދުއްވަން ހުއްދަދެވޭނީ 15އަހަރަށެވެ. އެހެންނަމަވެސް ރާއްޖެ އެތެރެކުރާ ސެކަންޑްހޭންޑް ނުވަތަ ބޭނުންކޮށްފައި ހުންނަ ސައިކަލާއި ކާރު އަލަށް ރަޖިސްޓްރީ ކުރާއިރު ދުއްވަން ހުއްދަދެވޭނީ 10އަހަރަށް ކަމުގައެވެ.

ނާފިޒު ވިދާޅުވީ މިހާރު ދުއްވަމުންދާ ކާރާއި ސައިކަލް މިއުސޫލުގެތެރޭގައި ނުހިމެނޭނެ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top