ބ.އަތޮޅު ހޮސްޕިޓަލްގެ އާއިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި.

DSCN7555.jpg

ބ.އަތޮޅު ހޮސްޕިޓަލް --އީވީ ފައިލް ފޮޓޯ

ކޮންޓްރެކްޓަރ ފައިނޭންސް ކުރާގޮތަށް ބ.އަތޮޅު ހޮސްޕިޓަލްއަށް އިތުރު ކުރެވޭ އާ އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް ފިނޭންސް މިނިސްޓްރީ އިން އިއުލާނު ކޮށްފި އެވެ.

ބ.އަތޮޅު ހޮސްޕިޓަލަށް އިތުރުކުރެވޭ އިމާރާތާއެކު އެ އިމާރާތް އެޅުމަށް މި އަހަރުގެ ފެބްރުވަރީ 26 ވަނަ ދުވަހުވެސް ވަނީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފައެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ އިތުރުން ދެ ރަށެއްގެ ޓާޝަރީ ހޮސްޕިޓަލާ، ދ.ކުޑަހުވަދޫ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަންވެސް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނު ކޮށްފަ އެވެ.

ފިނޭންސް ގެއިއުލާނުގައި ބުނެފައިވަނީ މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންކަމަށާއި، ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މީގެއިތުރުން، ރާއްޖެއިންބޭރު ކުންފުނިތަކުން ބީލަން ހުށަހެޅުމުގެ ކުރިން، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އަދި ދިވެހިރާއްޖޭގައި ކުރާ ފޮރިން އިންވެސްޓްމަންޓާއި ބެހޭ އެންމެހައި މަޢުލޫމާތު ހޯދަންވާނެކަމަށް ބުނެފައި ވެއެވެ.

ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެކަމަށާއި، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސްކަމަށް ފިނޭންސުން ބުނެއެވެ.

ބ.އަތޮޅު ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމުގެ ވާހަކައަކީ 2014 ވަނަ އަހަރުން ފެށިގެންވެސް ދައްކަމަުން އަންނަ އަދި އެ ކަމަށް ބަޖެތް ވެސް ކަނޑައެޅި އެހެންނަމަވެސް މިއަދާ ހަމައަށްވެސް ކުރިއަށް ނުގެންދެވިފައިވާ މަސައްކަތެކެވެ.

އެގޮތުން އެންމެ ފަހުން 31ޖުލައި 2019ގައި ބ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް އޭދަފުށީގައި ބޭއްވި ޚާއްސަ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ބ.އަތޮޅު ހޮސްޕިޓަލްގެ އާއިމާރާތް އެ އަހަރުގެ ތެރޭގައި އަޅައި އަންނަ އަހަރު ޚިދުމަތް ދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top