ދުނިޔޭގެ”އެންމެ ރީތި އޮފީސް “ބ.ވައްކަރު ގައި

2-vakkaru-maldives-beach-office-scaled-e1602681503528-2048x1192-1.jpg

މި ވަގުތު ދުނިޔޭގެ ”އެންމެ ރީތި އޮފީސް”  ހުރީ ބ.ވައްކަރު ރިސޯޓުގައި ކަމަށް ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ ބައިނަލްއަޤުވާމީ ވެބްސައިޓްތަކުން ހާމަ ކޮށްފިއެވެ.

މި އޮފީސް ރީތިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ވައްކަރު މޯލްޑިވްސްގައި ހުންނަ “އޮފީހަކީ” އެރިސޯޓުގައި 21 ދުވަހަށްވުރެ އިތުރަށް މަޑުކުރާ މީހުންނަށް އިތުރު ފީއެއް ދެއްކުމެއް ނެތި ބޭނުން ކުރެވޭނެ އޮފީހަކަށްވާ ކަމެވެ.

ހަމައެއާއެކު “ވޯކް ވެލް” ނަމުގައި ތައާރަފްކޮށްފައިވާ މި ޕެކޭޖުން ފަތުރުވެރިންނަށް އެމީހުން ބޭނުންތަނެއްގައި އޮފީސް ހަދާލެވޭނެއެވެ. އެއީ މޫދު ފެންނަން އޮތް “އޯޝަން ވިލާ” ގައި ނުވަތަ އެންމެ ރީތި އަތިރިމަތި ފެންނަ ގޮތައް ވެސް އޮފީސް ހަދާލެވޭނެއެވެ. އޮފީހަށް ބޭނުންވާ ހުރިހާ އެއްޗެއް އިތުރު އެއްވެސް އަގެއް ނެގުމެއް ނެތި ހިލޭ ރިސޯޓުން ފޯރުކޮށްދޭނެއެވެ.

ނަމަވެސް ޕެކޭޖް ވިއްކަނީ 21 ދުވަހަށް ދެމީހަކަށް 18000 އެމެރިކާ ޑޮލަރު (277560 ރުފިޔާ) އަށެވެ. އަދި އެއްމަސް ދުވަހަށް 25000 އެމެރިކާ ޑޮލަރު (385500 ރުފިޔާ) އަށެވެ.

“މިޕެކޭޖްގައި ހިމެނިގެން ފަތުރުވެރިޔާ ބޮޑު ވިލާއަކަށް ބަދަލުވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ. އަދި ޕްރިންޓަރާއި އޮފީސް ސަޕްލައި ވެސް އިތުރު އަގެއް ނެގުމެއް ނެތި ލިބިގެންދާނެ. މީގެ އިތުރުން ވަރަށް ހާއްސަ އިތުރު ފައިދާތަކެއް ވެސް މިޕެކޭޖް ބޭނުންކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ.” ގްލޯބަލް ޓްރެންޑާގައި ބުނެފައި ވެއެވެ.

ޕެކޭޖްގެ ދަށުން އޮތީ ހަމައެކަނި އެންމެ މީހެއްގެ އޮފީސް މަސައްކަތްތައް ކުރެވޭނެ އިންތިޒާމެއް ނޫނެވެ. އިންޑިއާ ކަނޑުގެ އެންމެ ރީތި އެއް މަންޒިލްގެ އަތިރިމަތީގައި އޮފީހުގެ ބޮޑެތި ބައްދަލުވުންތައް ވެސް ބާއްވާލެވޭނެއެވެ.

މިޕެކޭޖްގައި ހިމެނިގެން އޮފީސް ހިންގުމުގެ ފުރުސަތާއި ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު އެކަނި ލިބިގެން އަދި ނުނިމެއެވެ. ރިސޯޓްގައި ހުރި ކުޅިވަރު ކުޅެވޭނެ ވަސީލަތްތާއި ޖިމްތައް ވެސް އިތުރު އަގެއް ނެގުމެއް ނެތި ބޭނުން ކުރެވޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top