ފެތުރެމުންދަނީ ނޯރޯވައިރަސްގެ ރޯގާ: އެޗްޕީއޭ

big_qjE4sXpzbfCoMegahQXLTF9Jx.jpg

މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމަކީ ނޯރޯވައިރަސްގެ ރޯގާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށް ފިއެވެ.

އެޗްޕީއޭ އިން ބުނީ މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށާއި ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

މި ރޯގާއިން ރައްކާތެރިވުމަށް ރަނގަޅަށް ސައިބޯނިލައިގެން ގިނަގިނައިން އަތް ދޮވުމަށާއި ނަމަވެސް ހޭންޑް ސެނިޓައިޒާ އެކަނި ބޭނުން ކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އައިޖީއެމްޗާއި އޭޑީކޭ އަދި ސެނަހިޔާގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލަށް ރެއިން ފެށިގެން ބޭރަށް ހިންގާ ހޮޑު ލެވެތީ އެތައް ބަޔަކު ވަނީ ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދާފައެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުން ދަނީ ހޮޑުލެވި ބޭރަށް ހިންގުން އިތުރު ވެފައިވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާލޭގައި ބޭއްވި ފުޅަނދު ބުރުގައި ބެހި މެޓާތަކެއް ކެއި ފަހުން ކަަމަށެވެ.

އެ މެޓާތަކުގެ ފޮޓޯއާ އެކު ސޯޝަލް މީޑިއާގައި ބައެއް މީހުން ކަންބޮޑުުވުން ފާޅުކުރަމުން އަންނައިރު، އެޗްޕީއޭއިން ބުނެފައިވަނީ މާލެ ސަރަހައްދުގައި ބަލިމަޑުކަން ފެތުރިފައި ވަނީ ކާއެއްޗެއްގެ ސަބަބުން ނޫން ކަމަށާއި ނޯރޯވައިރަސްގެ ރޯގާއެއްގެ ސަބަބުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top