އެމްޕީ ސަލީމް ،ޕީއެންސީ އަށް ސޮއިކުރައްވައިފި

49864891_1311517802321685_1140731330858844160_n.jpg

އެމްޕީ ސަލީމް ،ޕީއެންސީއަށް ފޯމް ފުރުއްވުމަށްފަހު ފޯމް ހަވާލު ކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް )ޕީޕީއެމް ދޫކުރައްވައި އަަލަށް އުފައްދަާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއި ކުރައްވައިފި އެވެ.

ޕިޕީއެމް އޮފީހުގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ސަލީމު ވަނީ ޕީއެންސީއަށް ވަނުމަށް ފޯމް ފުރުއްވުމަށް ފަހު ޕީއެންސީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅެއް ކަމުގައިވާ އެމްޕީ އަބްދުއްރަޙީމް އަބްދުﷲ އާ ފޯމް ހަވާލު ކުރައްވާފަ އެވެ.

ސަލީމް މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފައިވާ އިރު އޭނާ ގެންދަވަނީ އުފަން ރަށް އޭދަފުށިންވެސް ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އޭދަފުށީގެ ޕީޕީއެމް މެންބަރުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ޕީއެންސީ އާއި ގުޅެމުން ކަން ފާހަގަ ކުރެވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top