ސަރުކާރުގެ ވިޔަފާރި ކުންފުނި ، އެސްޓީއޯއިން ވިއްކަމުން ގެންދާ ޑީސަލާއި ޕެޓްރޯލްގެ އަގަށް ހެޔޮ ބަދަލެއް ގެނެސްފި އެވެ.
އެގޮތުން އެސްޓީއޯއިން ވިއްކާ ޑީސަލް ލީޓަރަކުން ދެ ރުފިޔާ، ޕެޓްރޯލް ލީޓަރަކުން އެއް ރުފިޔާ އަގުހެޔޮ ކޮށްފައިވާ އިރު މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކަމުން ގެންދާނީ 9.99 ރުފިޔާއަށް އަދި ޕެޓްރޯލް ލީޓަރެއް 10.19 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.
މި އަގުތަކަށް ބަދަލުވުމުގެ ކުރިން ޑީސަލް ލީޓަރެއް ވިއްކަމިން ގެންދިޔައީ 11.99 ރުފިޔާއަށެވެ. ޕެޓްރޯލް ލީޓަރެއް 11.19 ރުފިޔާއަށެވެ.
އެސްޓީއޯއިން ބުނީ ތެލުގެ އަގު ހެޔޮކުރީ ދުނިޔޭގެ ބާޒާރުގައިވެސް ތެލުގެ އަގުތައް ދަށް ވުމުގެ ސަބަބުން ކަމުގަ އެވެ.
ރާއްޖޭގެ ބާޒާރުގައި އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ، މިދިޔަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހު އެވެ އެ ދުވަހުން ފެށިގެން ރާއްޖޭގައި ތެޔޮ ވިއްކަމުން އައީ ޑީސަލް ލިޓަރެއް ވިއްކަމުން އައީ 11.99ރ. އަށް އަދި ޕެޓްރޯލް ލިޓަރެއް 11.19ރ. އަށެވެ.
ދުނިޔޭގެ ބާޒާރުގައި މިހާރު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 70 ޑޮލަރަށެވެ.