މާދަމާއަކީ ފިތުރު އީދު ދުވަސް، އީދު މުބާރަކް!

DSCN2884-1.jpg

މާދަމާއަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހު އިރުއޮއްސުނު ވަގުތު މަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަަށަވަރު ވާކަމަށެވެ. އަދި ބައެއް އިސްލާމީ ގައުމުތަކަށް ހަނދު ފެނިފައިވާކަމުގެ މައުލޫމާތު ރަސްމީ ގޮތުން ވެސް ލިބިފައި ވާކަމަށެވެ.

އެހެންކަމުން، ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރަން ރާއްޖޭގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިން މާދަމާއަކީ އީދު ދުވަސްކަމަށް ކަނޑައަޅައިފައި ވާކަމަށެވެ.

އޭދަފުށީގައިި މާދަމާ ފިތުރު އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ބޮޑު ޖަމާއަތުގައި އޭދަފުށީ ވެލި ދަނޑުގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top