ސެންޓޭގެ ކޮންޓްރެކްޓް ނިއުއާއެކު ތިން އަހަރަށް އާކޮށްފި

fasir.jpg

އަލީ ފާސިރު (ސެންޓޭ( ފޮޓޯ :އަލީ ފާސިރު ފޭސްބުކް

ނިއުރޭޑިއަންޓްގެ ފޯވާޑް އޭދަފުށީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު އެ ކްލަބާއެކީ ހަދާފައިވާ ކޮންޓްރެކްޓް އިތުރު ތިން އަހަރުދުވަހުގެ މުއްދަތަށް އާކޮށްފިއެވެ.

މި ކޮންޓްރެކްޓްގައި ނިއު އަށް 2020 ވަނަ އަހަރުގެ ނިޔަލަށް ކުޅެން ސެންޓޭ ސޮއިކުރީ މިރޭ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިރަސްމިއްޔާތުގައި ސެންޓޭ ބުނީ ނިއުގައި ދިގު މުއްދަތަކަށް މަޑުކުރަން ނިންމީ މެނޭޖްމަންޓް ރަނގަޅުވުމުން ކަމަށާއި ކުޅުންތެރިންނަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް އެ ކްލަބުން ކޮށްދޭ ކަމަށެވެ.

“ނިއުގެ މެނޭޖްމަންޓުން ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދެނީ. ކުޅުންތެރިންނަށް ފުރިހަމަނުވާ އެއްވެސް ކަމެއް ނެތް. ޚާއްސަކޮށް ޗެއާމަންގެ ނަން އަޅުގަނޑު ފާހަގަކުރަން. ޓީމުގެ ހުރިހާ ކުޅުންތެރިންނާ ވެސް ވަރަށް ގާތް ގުޅުމެއް ބާއްވައި ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމައަށް ކޮށްދެއްވާ،” ސެންޓޭ ބުންޏެވެ.

މިދިޔަ ސީޒަނުގައި ޓީސީއަށް ކުޅުނު ސެންޓޭ، ނިއުއަށް އަލުން ބަދަލުވީ މިދިޔަ އަހަރުގެ، ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ.

ސެންޓޭ ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ނަތީޖާއެއްގެ ގޮތުން މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ސެންޓޭ ހޯދިއިރު، އޭނާއަކީ މިދިޔަ ސީޒަނުގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިއާ ވެސް މެއެވެ. މީގެ އިތުރުން  ސެންޓޭއަށް ވަނީ، އެފްއޭއެމް އާއި ފުޓްބޯޅަ ޚަބަރުތައް ގެނެސްދޭ “މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް” ގުޅިގެން ދިން މޯލްޑިވްސް ފުޓްބޯލް އެވޯޑުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ލިބިފައެވެ،

މިއީ ސެންޓޭ ނިއު އަށް ކުޅޭ ތިން ވަނަ ފަހަރެވެ. އޭވައިއެލް އިން ވިދާލި ސެންޓޭ ވެލެންސިއާ އަށް ކުޅުމަށް ފަހު ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. އެ ސީޒަނުގައި ކާމިޔާބެއް ނުހޯދުނުއިރު ޖެހިގެން އައި އަހަރު ވިކްޓަރީ އަށް ކުޅުމަށް ފަހު 2013-2015 އަށް އަނެއްކާ ވެސް ނިއު އަށް ކުޅުނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top