ނިދަން އުނދަގޫވޭތަ؟

Now-I-Fall-Asleep-In-Under-1-Minute.-Here-is-the-Magic-Trick.jpg

ރޭގަނޑު ނިދަންއޮށޯވެ އެތައްއިރެއްވާއިރުވެސް ނުނިދުމަކީ ވަރަށް ހިތްދަތިވާކަމެއް ދޮގެއްތޯއެވެ. އެމެރިކާގެ މަޝްހޫރު ޑޮކްޓަރ މިސްޓަރ އެންޑްރޫވީލް މިކަން ތަޖްރިބާކުރާ މީހުންނަށް އުފާވެރި ޚަބަރެއް ގެނެސްދީފިއެވެ.

ޑރ.ވީލްއަކީ އެމެރިކާގެ ހާވަރޑްޔުނިވަރސިޓީއިން އެމްއޭ ހާސިލްކޮށްގެންހުރި ކުޅަދާނަ ޑޮކްޓަރެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ސިއްހީ ދާއިރާއިން ލިޔެވޭ ފޮތްތަކުގެ ތެރެއިން އެންމެގިނައިން ވިކޭ ފޮތް ލިޔާ މުސައްނިފްގެ ގޮތުގައެވެ.

ޔޯގާގެ ވައްތަރެއްކަމުގައިވާ “4-7-8 ނޭވާލުމުގެ ކަސްރަތު ” ގެ ނަމުގައި އިރުޝާދު ދީފައިވާ މިކަސްރަތު ކުރަމާ ހިނގާށެވެ. ހަމަ އެންމެ މިނިޓެއްގެ ތެރޭގައި ނިދުމަށް އެހީވެދޭނެކަމަށް ޑރ. ވީލް މައުލޫމާތު ދީފައިވެއެވެ.

މިއީވަރަށް އާދައިގެ އެހާމެ ފަސޭހައިން ކުރެވިދާނެ ކަސްރަތެކެވެ.

ކަސްރަތު ކުރާނެ ގޮތް:

1. އަގައިން ވައިއަޑު ނުކުންނަގޮތަށް ފުންނޭވާއެއް ބޭރުކޮށް ހުސްކޮށްލާށެވެ

2. އަނގަ ލައްޕާލުމަށްފަހު ނޭފަތުން މަޑުމަޑުން އެތެރެއަށް ނޭވާލާށެވެ. (ގާތްގަނޑަކަށް ހަތަރު ސިކުންތަށް ނުވަތަ ހަތަރަކާ ހަމައަށް ގުނޭވަރަށް

3. ގާތްގަނޑަކަށް ހަތް ސިކުންތަށް ނުވަތަ ހަތަކާ ހަމައަށް ގުނާލެވޭވަރަށް ނޭވާ ހިފަހައްޓާލާށެވެ

4. އަށް ސިކުންތަށް ނުވަތަ އަށަކާ ހަމައަށް ގުނޭ ވަރަށް އަނގައިން ނޭވާ ބޭރުކުރަމުން ގޮސް ނޭވާ ހުސްކޮށްލާށެވެ

.5 މިގޮތަށް ތިން ފަހަރު ތަކުރާރު ކުރާށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top