ދަރަވަންދޫ ހެލްތު ސެންޓަރުގައި ގާއިމްކުރި ލެބޯޓްރީ ހުޅުވައިފި

FB_IMG_1605062179618-750x375.jpg

ބ. ދަރަވަންދޫ ހެލްތު ސެންޓަރުގައި ޕީސީއާރު ޓެސްޓް ކުރުމަށް ގާއިމްކުރި ލެބޯޓަރީ ހުޅުވައިފިއެވެ.

ބ.އަތޮޅުގެ ދެ ރިސޯޓުގެ އެހީތެރިކަމާއެކު ގާއިމްކުރި މި ލެބޯޓްރީ ވާޗުއަލްކޮށް، ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަހުްމަދު ނަސީމެވެ.

އިއްޔެ ދަރަވަންދޫގައި މިކަމަށް ޚާއްސަކޮށް އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރާއްޖޭގެ ސިއްހީ ނިޒާމް ކުރިއެރުވުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ސިއްހީ ނިޒާމް ކުރިއަށް ގެންދިއުމުގައި ރިސޯޓްތަކާ ކައުންސިލްތައް ގުޅިގެން މަސައްކަތްކޮށް އެފަދަ ނަމޫނާ ދެއްކުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

ލެބޯރެޓަރީގެ ޚިދުމަތް ދޭން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި މި މެޝިނުން ގަޑިއަކު 96 ސާމްޕަލް ޓެސްޓް ކުރެވޭނެއެވެ. އަދި ޓެސްޓް ކުރުމުގައި އަމަލު ކުރާނީ އެޗްޕީއޭގެ ގައިޑް ލައިނާ އެއްގޮތަށް ކަމަށް ވެސް އެމަރުކަޒުން މައުލޫމާތު ދެއްވަ އެވެ.

މި ލެބޯޓްރީ ގާއިމް ކުރުމުގައި އެހީތެރި ވެދެއްވި ނޯޓިލަސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު އަޝްރަފް ވިދާޅުވީ މި ސަރަހައްދުގެ ރައްޔިތުންނަށް ގާތުން އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދަރަވަންދޫ ކައުންސިލުން ދެއްވި އެއްބާރުލުމާ އެޙީތެރިކަން ފާހަގަކޮށް އެފަރާތައް ޝުކުރު އަދާކުރާ ކަަމަށާއި އެ ކަމުގެ ސަބަބުން ބ.އަތޮޅުގެ ސިއްޙީ ދާއިރާއާ އޮތްގުޅުން ބަދަހިކުރެވޭނެ ކަމަށް ދެކޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތުގެ އިތުރުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމް އާއި ޚިދުމަތް ދިނުމުގައި އެހީތެރިވެދެއްވި 2 ރިސޯޓްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top