ހައުސިންގ މިނިސްޓަރު ބ.އަތޮޅުގައި

big_xDnseNY3eYRS7Pnl1Afmxd6oh.jpg

މިނިސްޓަރު އާތިފާ އޭދަފުށީގައި --ފޮޓޯ :ޕީއެސް އެމް ނިއުސް

ބ.އަތޮޅުގެ ބޯހިޔާވަހިކަމުގެ ހާލަތު ހުރި ގޮތް ބައްލަވައިލެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއްގައި ހައުސިންގ މިނިސްޓަރ އާތިފާ ޝުކޫރު، ބ.އަތޮޅަށް ވަޑައިގެންފި އެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ތުޅާދޫއަށެވެ. ތުޅާދުއަށް ވަޑައިގެން، އެކަމަނާ ވަނީ ތުޅާދޫގައި އިމާރާތްކޮށްފައިވާ ހައުސިންޔުނިޓްތަކުގެ ހާލަތު ބައްލަވާލައްވާފައެވެ. އޭގެ އިތުރުން އެރަށު ކައުންސިލާއި ބައްދަލު ކުރައްވައި ގެދޮރުވެރިކުރުމާ ގުޅޭގޮތުން މަޝްވަރާ ތަކާއެކު ކައުންސިލްގެ ކަންބޮޑުވުންތައްވެސް އޮޅުންފިލުއްވާފައެވެ.

ތުޅާދޫއަށްފަހު މިނިސްޓަރ ވަނީ އަތޮޅުގެ ވެރިރަށް އޭދަފުއްޓަށް ވަޑައިގެން އެރަށު ކައުންސިލާއި ބައްދަލުކުރައްވައި، އޭދަފުށީގައި ހައުސިން ޔުނިޓް އެޅުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top