ރައީސް ޔާމީން، އަތޮޅު ތެރެއަށް

ry2-1.jpg

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ރައީސް ޔާމީންގެ އަރިހުގައި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ.ޖަމީލު ގެ އިތުރުން ޕްރޮގްރެސިވް ކޯލިޝަންގެ އިސްބޭފުޅުން ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފުރަތަމަ ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވަނީ އދ.އަތޮޅަށެވެ. އެގޮތުން ފުރަތަމަ ވަޑައި ގަންނަނީ އދ. ކުނބުރުދޫއަށެވެ. އެއަށްފަހު މަހިބަދޫ އަށާއި ދިގުރަށް އަދި ދަނގެއްޗަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

މިއީ ރައީސް ޔާމީން ވެރިކަން ނިމުނު ފަހުން އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގެ މަގްސަދަކީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ޕީޕީއެމް އަދި ޕީއެންސީއަށް ތާއީދު އިތުރުކުރުން ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ޔާމީނަކި މިވަގުތު އިދިކޮޅު ޕްރްގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top