އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން ހިންގި އިމާމް ލެވެލް 3 ކޯހުން ފާސްވި ބައިވެރިންނަށް ސެޓްފިކެޓް ދީފި

RYN_6103.jpg

އިމާމް ލެވެލް 3 ކޯސް ފުރިހަމަ ކޮށް ސެޓްފިކެޓް ހޯދި ބައިވެރިން ---ފޮޓޯ/ރަޔަން

އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއާއި އޭދަފުށީ ކައުންސިލު ގުޅިގެން ހިންގި އިިމާމްލެވެލް 3 ގެ ކޯހުން ފާސްވި ބައިވެރިންނަށް ރޭ ސެޓްފިކެޓް ހަވާލު ކޮށްފިއެވެ.

މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ އީޕިއެސް ކޮލެޖްގެ ބެލުމުގެ ދަށުން އޭދަފުށީގައެވެ.

ސެޓްފިކެޓް ދިނުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ އޭދަފުއްޓަށާއި ބ.އަތޮޅަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަބްދުއްރައްޒާގު މުހައްމަދެވެ. އޭނާގެ ވާހަކަފުޅު ދައްކަވަމުން، މި ފަދަ މުހިއްމު އަދި ރަށަށް ބޭނުންތެރި ކަމަކަށް އިސް ނަންގަވައި ޒުވާނުންގެ ޖަމިއްޔާއިން މިކުރެއްވި ބުރަ މަސައްކަތް ފާހަގަ ކޮށް ޝުކުރު އަދާކުރެއްވިއެވެ.

އޭދަފުއްޓާއި ބ.އަތޮޅުގެ ރަށްރަށުން ޖުމްލަ 15 ބައިވެރިން ސެޓްފިކެޓް ހާސިލުކޮށްފައިވާ އިރު ރ. އިންނަމާދޫގެ ބައިވެރިއަކު ވެސް މި ކޯހުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލް ކޮށްފައިވެ އެވެ.

އޭދަފުށީގެ ޒުވާނުންގެ ޖަމިއްޔާއިން ބުނީ މި ކޯސް ފެށުމުގެ ޚިޔާލު އައީ އޭދަފުށީގައި ހުކުރު ކުރާނެ ޚަތީބުން މަދުކަމުން އެކަމަށް ހައްްލެއް ހޯދުމުގެ ގޮތުން ކަމަށެވެ.

”އަޅުގަނޑުމެން އަމާޒު ހިފީ ދުރު ރާސްތާއަށް. އޭގެ މާނައަކީ އޭދަފުއްޓަށް މި ތައްޔާރު ކުރި 10 ޚަތީބުންގެ ޚިދުމަތް ކުރިއަށް އޮތް 30 އަހަރާ ހަމައަށް ދެމިގެން ދާނެއޭ. މީގެ ހެއްކަކީ މި ޚަތީބުންގެ ތެރޭގައި ގިނަވާނީ 30ގެ އަހަރުތަކުގެ މީހުން. އުފަލަކީ މިއީއެއް ނޫންތޯ.“ ޒުވާނުންގެ ޖަމިއްޔާއިން ބުންޏެވެ.

އެޖަމިއްޔާއިން ބުނީ ކުރިއަށް އޮތް ތަނުގައިވެސް ރަށަށް ބޭނުންތެރި މިފަދަ ކޯސްތަކުގެ އިތުރުން ފަންނީ އަދި އިލްމީ އެކި އެކި ކޯސްތައް ފެށުމަށް ޖަމިއްޔާއިން ދަނީ ތައްޔާރު ވަމުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top