ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ލަސްނުކޮށް ޖަމާކޮށްދިނުމަށް ހެލްތު ޔުނިޔަނުން ގޮވާލައިފި

UXuYxM3EI4SmXzQmmWru.jpg

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުނަށް ލަސްނުކޮށް މުސާރަ ޖަމާކޮށްދިނުމަށް ހެލްތު ޕްރޮފެޝަނަލުންގެ ޔޫނިއަނުން ގޮވާލައިފިއެވެ.

މިކަަން އެ ޔޫނިއަންގެ ސަމާލުކަމަށް އައީ އުތުރުގެ ރަށެއްގައި ހުންނަ ހޮސްޕިޓަލެއްގެ މުވައްޒަފަކު ކޮށްފައިވާ ޓުވީޓެއް އާއްމުވުމާއި ގުޅިގެންނެވެ.

އެ ޓުވީޓްގައި ބުނެފައިވަނީ އަދިވެސް މުސާރަ ޖަމާ ނުވާ ކަމަށާއި އެކަމާއި ޒިންމާ ނަންގަވާނީ ކޮންފަރާތެއްތޯ ސުވާލު ކުރައްވާފަ އެވެ. އަދި ސިއްހީ ހިދުމަތް ތެރިންގެ މުސާރަ ދިނުން ލަސްކޮށްގެން ދެމުން ގެންދާ އަނިޔާ ހުއްޓާލުމަށް ގޮވާލާފައިވެއެވެ.

ހެލްތު ޕްރޮފެޝަނަލުންގެ ޔޫނިއަންގެ ސަމާލުކަމަށް މި ޓުވީޓް އައުމުން ސިއްހީ ހިދުމަތްތެރިންގެ މުސާރަ ލަސްވަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަން ފާހަގަކޮށް މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމަށް އެދި ގޮވާލާފައިވެއެވެ. އސދިމަހުންމަހަށް ލަސްނުކޮށް މުސާރަ ޖަމާކޮށްދިނުމަށް ގޮވާލާފައިވެއެވެ.

އީވީގެ ފަރާތުން ބ.އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރާ އަށެއްކަ މުވައްޒަފަކާ ގުޅާލުމުން އެ އެންމެންވެސް މައުލޫމާތު ދިން ގޮތުގައި މިދިޔަ މަހުގެ މުސާރަ އަދި ޖަމާކޮށްފައެއް ނުވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top