ކުދި ކުށްތަކަށް ޖަލުނޫން އަދަބެއް ދޭނެ ނިޒާމެއް ހަމަޖައްސަނީ

viber_image_2021-07-31_12-12-52-044.jpg

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު -- ފޮޓޯ: ކަރެކްޝަންސް

ކުދި ކުށްތައް ކުރާ މީހުންނަށް ޖަލަށް ލުމުގެ ބަދަލުގައި އެހެން އަދަބެއް ދޭން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އަހުމަދު ރޭ ވިދާޅުވީ ޖަލު ނޫން އެހެން އަދަބު ތައާރަފް ކުރުމުގެ މަރުހަލާ އޮތީ ވަރަށް ގާތުގައި ކަމަށާއި ޕީނަލް ކޯޑުގައި ޖަލު ނޫން އަދަބުތަށް ދެވިދާނެ ކަމަށް މިހާރު ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޝަރީއަތް ކުރުމުގައި ޖަލު ނޫން އަދަބު ކަނޑައެޅޭނެ އިޖުރާއަތެއް ސުޕްރީމް ކޯޓުން ގާއިމުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކުރާ މީހަކަށްވެސް އަދަބެއްގެ ގޮތުގައި ޖަލު ހުކުމެއް އަންނަ ކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ކުދި ކުށްތައް ކުރާ ފަރާތްތަކަށް އެހެން އަދަބެއް ދިނުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރަމުންދާ ކަމެއް ކަމަށާ އެގޮތުން އެމީހުން މޮނީޓާކޮށް، ގޭ ބަންދުވެސް ކުރެވޭނެ ކަން ފާހަގަކުރެއްވިއެވެ.

އަހުމަދު ވިދާޅުވީ މިހާރު މައިގަނޑު ގޮތެއްގައި ކުރަމުންދާ ކަމަކީ އެބާވާތުގެ ހުކުމެއް މީހެއްގެ މައްޗަށް ކޮށްފިނަމަ އެމީހެއްގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ. މިއީ އެއްވެސް ހާލެއްގައި ބޮޑެތި އަނިޔާވެރި ކުށްތައް ކުރާ މީހުންގެ ވާހަކަ ނޫން ކަމަށް އަހުމަދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގައި ކުށްވެރިން ގިނަވެ، ޖަލުތައް ފުރޭ މައްސަލަ މީގެ ކުރިން އަދި މިހާރު ވެސް ދަނީ ފެންމަތިވަމުންނެވެ. މިއީ މި ކަމަށް ލިބިގެންދާނެ ހައްލެއް ކަމަށް ބެލެވެއެވެ، އެއީ މިހާރު ވެސް މި ފަދަ ކުށްތަކުގައި އެއް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ 100 އަށް ވުރެ ގިނަ ގައިދީން ޖަލުތަކުގައި ތިބީމައެވެ،

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top