ބ.ގޮއިދޫގައި ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކޮށްފި

goidu2-1024x670.jpg

ދުނިޔޭގެ ޞިއްހަތު ދުވަސް ފާހަގަކުރުމަށް ގޮއިދޫގައި ހިންގި ހަރަކާތްތަކުގެ ތެރެއިން: ފޮޓޯ/ގޮއިދޫ ސިއްހީ މަރުކަޒު

ކޮންމެ އަހަރެއްގެ އޭޕްރިލް 7 ވަނަ ދުވަހު ފާހަގަ ކުރާ ދުނިޔޭގެ ސިއްހަތު ދުވަސް ބ. ގޮއިދޫގައި ކުލަގަދަ ކޮށް ފާހަގަ ކޮށްފިއެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގޮއިދޫ ސިއްހީ މަރުކަޒުގެ ފަރާތުން ވަނީ އެރަށުގެ ރައްޔިތުންގެ ތެރެއިން 16 އަހަރުން މަތީގެ ހުރިހާ އެންމެން ހަކުރު ބައްޔަށް ސްކްރީން ކުރުމާއި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް ހަކުރު ބައްޔާބެހޭ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން ޑައިބެޓިކް އެސޯސިއޭޝަނާއި ގޮއިދޫ ޞިއްޙީމަރުކަޒު ގުޅިގެން 20 އަހަރުން މަތީގެ އަންހެނުން ކެންސަރު ބައްޔަށް ސްކްރީން ކުރުމާއި ކެންސަރު ބައްޔާއި ބެހޭގޮތުން މަޢްލޫމާތު ދީފައިވާކަމަށް ވެސް ގޮއިދޫ ސިއްހީ މަރުކަޒުން ބުނެއެވެ.

ދުނިޔޭ ޞިއްޙަތު ދުވަހު ހަވީރު ހިނގާލުމަކާއެކު މޫދު ކަސްރަތު ޕްރޮގްރާމެއްވެސް ބާއްވާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top