އޭދަފުއްޓަށް އެތެރެކުރި މަސްތުވާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް

eydhafushi-drugs.jpg

ފޮޓޯ :ޕޮލިސް ލައިފް

ބ. އޭދަފުއްޓަށް އެތެރެކުރި މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް މި ތަކެތި ގެންގޮސްފައިވަނީ  މާލެއިން އޭދަފުއްޓަށް އައި ލޯންޗަކުން ގެނެސްފައިވާ ފޮށިގަނޑަކާ ހަވާލުވާނެ މީހަކުނެތި ހުރިކަމުގެ މަޢުލޫމާތު އޭޕްރީލް 9ވަނަ ދުވަހު އޭދަފުށި ޕޮލިސް ސްޓޭޝަނަށް ލިބުމާ ގުޅިގެން އެ ފޮށިގަނޑު ބަލައިފާސްކުރުމުންނެވެ.

ފޮށިގަނޑު ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު 3 ރަބަރުޕެކެޓާއި ކުޑަ ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާކަމަށް ޕޮލިސް ލައިފުން ބުނެއެވެ.

މިމައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން އަންނަނީ ތަޙުޤީޤު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top