ޕްރީސްކޫލް ހިދުމަތް ނުލިބި ލަސްވާތީ އޭދަފުށީ ޒުވާނުން އިހުތިޖާޖު ކޮށްފި!

viber_image_2022-05-15_13-39-45-112.jpg

އޭދަފުށީގައި ޕްރީސްކޫލުގެ ހިދުމަތް ނުލިބި ގިނަދުވަސް ތަކެއް ފާއިތު ވަމުން ދާތީ ސްކޫލް ހުޅުވަން ގޮވާލައި ގޮވާލާ އެކަމަށް ޑިމާންޑުކޮށް އޭދަފުށީގެ ބައެއް ޒުވާނުން އޭދަފުށީ ކައުންސިލު އިދާރާގެ ކުރިމަތީގައި އިހުތިޖާޖު ކޮށްފި އެވެ.

މި އިހްތިޖާޖުގެ ބައިވެރިން ވަނީ ތަފާތު ޝުއޫރުތައް ހިމެނޭ ބޯޑުތައް ހިފައިގެން ތިބެ ޝުއޫރު ފާޅުކޮށްފައެވެ. އެ ގޮތުން ވީހާވެސް އަވަހަކަށް ޕްރީ ސްކޫލް ހުޅުވައި ކިޔަވައިދެވޭނެގޮތް ހަދައިދިނުމަށާއި ރަށު ކައުންސިލަކީ ހަމައެކަނި ކުޅިވަރަށް ހަރަދުކުރުމަށް އުފެދިފައިއޮންނަ ތަނެއްނޫން ކަމަށް ބުނެ މިއަދުގެ އިހުތުޖާޖުގައި ވަނީ އަޑުއުފުލާފައެވެ.

އިހްުތިޖާޖުގައި ބައިވެރިވި ބައެއް މީހުން ހިފައިގެން ތިބި ބޯޑުތަކުގައި ”ޕްރީ ސްކޫލް ބަޖެޓްގައި އެތައް ފައިސާއެއް… އަދި ކައުންސިލް ފެއިލްވެއްޖެކަމަށް ގަބޫލުކުރައްވަންތޯ؟“ ފަދަ އިބާރާތްތައް ލިޔެފައިވެ އެވެ.

ގާތްގަނޑަކަށް ދޮޅުގަޑިއެއްހައި އިރަށް ދެމިގެންދިޔަ މިއިހުތިޖާޖު ނިންމައިލީ މާދަމާވެސް އިހުތިޖާޖު ކުރާނެކަމަށް ބުނެފަ އެވެ.

އޭދަފުށީގައި ޕްރީ ސްކޫލެއްގެ ހިދުމަތް ނުލިބޭތާ މިހާރު ދެއަހަރުވަނީއެވެ. އެކަމާހުރެ  ހާއްސަކޮށް ޕްރީސްކޫލަށް ދާ އުމުރުގެ ދަރިން ތިބި ބެލެނިވެރިން އެކަމުގެކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top