އަލްހާން، އަލީ ރަމީޒަށް: ބޮލުގައި ބިދުއަވެރި ފަގުޑިއެއް އަޅައިގެން އޮޅުވާނުލާ!

20201007_182024.jpg

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒު އަލުން ޢިޝްގީ ލަވަ ކިޔަން ފަށަންވީ ކަމަށާއި ބޮލުގައި ބިދުއަވެރި ފަގުޑިއެެއް އަޅައިގެން އޮޅުވާ ނުލުމަށް، މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރާ އަލްހާން ފަހުމީ ޢަލީ ރަމީޒަށް ވަރަށް ހަޑިހުތުރުކޮށް ފާޑު ވިދާޅުވެއްޖެއެވެ.

އައިއެސް އާއި އަލްގައިދާގެ ވާހަކަތައް މިހާރު ރައްޔިތުން ޤަބޫލު ނުކުރާނެ ކަމަށާއި އެއީ މިހާރު ބާވެފައިވާ ވާހަކަތަކެއް ކަމަށް ވިދާޅުވެ ޢަލީ ރަމީޒު މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދެއްވި ރައްދުގެ ޚަބަރެއް ޓްވީޓު ކުރައްވަމުން އަލްޙާން ވިދާޅުވީ އައިއެސް އާއި އަލްގައިދާގެ ވާހަކަތައް ރައްޔިތުން ޤަބޫލު ކުރާ ކަމަށެވެ.

މިޓްވީޓުގެ އިތުރުން ވެސް އަލްހާން މިއަދު ވަނީ ޢަލީ ރަމީޒަށް ފާޑުވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

އެގޮތުން ޓްވިޓާއިން ޢަލީ ރަމީޒު އޭނާ ބްލޮކް ކޮށްލާފައިވާތީ، އެކަން އިއުލާނު ކުރައްވަމުން އަލްހާން ވިދާޅުވީ “މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލްޤާރީ އަލީ ރަމީޒް” އޭނާ ބްލޮކް ކުރައްވައިފި ކަމަށާއި “ސަބަބު ހޯދަން ތި މޫނަށް” ބެލުމަށެވެ. އެއީ ކޮން މޫނެއްގެ ވާހަކައެއް ކަމެއް ސާފުކޮށްދެއްވާފައެއް ނުވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top