ވިޒް އެއާގެ ދަތުރުތައް ރާއްޖެއަށް ، ކޮޅަކަށް އެންމެ 97 ޑޮލަރު!

60dcf1d7-fccf-48ca-bf72-84bf3588074b-1536x1022.jpeg

ވިޒް އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުން

ޔޫއޭއީގެ ބަޖެޓް އެއަރލައިން “ވިޒް އެއަރ”އިން އެންމެ 97 ޑޮލަރަށް ދަތުރުކުރެވޭ ގޮތަށް ރާއްޖެ އާއި އަބޫދާބީއާ ދެމެދު ދަތުރުތައް ފަށައިފިއެވެ.

މިއަދު ހަވީރު 4:52 ހާއިރު ވިޒް އެއާގެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖެއްސުމުން ވަނީ ވޯޓާ ސެލިއުޓް އެއް އަރުވާފައެވެ.

މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށް ވިޒް އެއާއިން ވަނީ މުޅިން އަލަށް ދެ މަންޒިލަކަށް 2 މަންޒިލަކަށް  ދަތުރު ފެށުމަށް ނިންމާފައެވެ. އެއީ ކުވައިތާއި ރާއްޖެއެވެ. ކުވައިތަށް ދަތުރުތައް ފަށާނީ މި ހިނގާ އޮކްޓޯބަރ 30 ގައެވެ. ރާއްޖެއަށް ވަނީ މިއަދު ދަތުރުތައް ފަށާފައެވެ.

ވިޒް އެއަރއިން ހަފްތާއަކު 4 ދަތުރު ކުރާނެއެވެ. އެއީ އަންގާރަ، ބުރާސްފަތި، ހޮނިހިރު އަދި އާދިއްތަ ދުވަހެވެ.

ވިޒް އެއަރލައިންގެ ދަތުރުތައް ރާއްޖެ އަދި ކުވޭތަށް ފެށުމުން އެ އެއަރލައިނުން ދަތުރުކުރަމުން އަންނަ މަންޒިލްތަކުގެ އަދަދު 34އަށް އިތުރުވެގެން ދާނެއެވެ. ރާއްޖެ އާއި ކުވޭތަށް ދަތުރުކުރާނީ އެ އެއާލައިނުން އެންމެ ފަހުން ގަނެފައިވާ އެއަރބަސް އޭ321 ނިއޯ އެއާކްރާފްޓެވެ.

ވިޒް އެއާގެ އިތުރުން އަބޫ ދާބީ އާއި ރާއްޖެއާ ދެމެދު މިހާރު ސީދާ ދަތުރުތައް ކުރަނީ އިއްތިހާދު އެއާވޭސް އިން އެކަންޏެވެ. ނަމަވެސް، ޔޫއޭއީގެ ދުބާއީ އާއި މާލެއާ ދެމެދު އެމިރޭޓްސް އަދި ފްލައިދުބާއީން ވެސް ކޮންމެ ދުވަހަކު ފްލައިޓް އޮޕަރޭޓު ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top