”ހިސާން ބިލަކީ ސެކިއުލާ ގައުމަކަށް ރާއްޖެ ހެދުމުގެ ފެށުން “

l_2019_06_11_024510_45ov1hndcmtxups6k8zwryj2lqagb7ei9f3_EN_.jpg

އެމްޕީ .އަހުމަދު ސަލީމް --ފޮޓޯ :މަޖިލިސް އިދާރާ

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލަކީ ރާއްޖެ ސެކިއުލާ ގައުމަކަށް އަނބުރާލުމަށް ކުރެވޭ މަސައްކަތުގެ ފެށުން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަދި ރައްޔިތުންްގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

އެހެންވެ ސަލީމް ވިދާޅުވީ އެ ބިލް މިހާރުން މިހާރަށް މަޖިލީހުން ބޭރުކޮށްލަން ޖެހޭ ކަމަށެވެ.

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ރާއްޖޭގައި ހިނގާދިޔަ ހުރިހާ މަރުތައް އެއީ ވަކި ބަޔަކު ކުރި ކަމެއް ކަމަށް ބުނުމަކީ ހަގީގަތް އޮޅުވާލުން ކަމަށެވެ. އަދި ދީނީ ހައްދުފަހަނަ އެޅުމުން ހުއްޓުވުމުގައި ނަމުގައި ކުރަމުންދާ ކަންކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ.

“ހުރިހާ އެންމެން މަރުވެގެން މިދިޔައީ ދީނީ ހައްދުފަހަނަ އެޅި މީހުން މަރައިގެނެއް ނޫން. ކޮބައިތޯ ސިޔާސީ ގޮތުން މަރާލި މީހުން؟ ކޮބައިތޯ ގުރޫޕްތަކުން މަރާލި މީހުން. މި ދައްކަނީ ކޮން ވާހަކައެއްތޯ؟ ޑރ. އަފްރަޝީމް މިއީ ކޮންގޮތަކުންތޯ އަވަހާރަކޮށްލީ. ދީނީ ގޮތުންތޯ. މިކަމުގައި ތިބި ކުށްވެރިންނަށް ބަލާއިރު އެއީ ދީނީ ގޮތުން އައި ބައެއްތޯ،” ސަލީމް ވިދާޅުވިއެވެ.

”މިއީ ސެކިއުލާ ގައުމަކަށް ރާއްޖެ ހެދުމުގެ ފެށުން“ އިނގޭތޯ. ކަމެއް ފަށާއިރު އަންނާނީ މިހެން. ވަރަށް ކުޑަކުޑަކޮށް އިނގޭތޯ ފަށާނީ،”

ސަލީމް ވިދާޅުވީ ރާއްޖެ ހަލާކުގެތެރެއަށް ދިޔައީ ޑިމޮކްރަސީގެ ނަމުގައި ގެނައި ނިޒާމުން ކަަމަށާ އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތް ކަމަށެވެ. އެކަން ފޮރުވަން ދީނީ ހަރުކަށި މީހުންގެ ވާހަކަ ދައްކައިގެން ގައުމުގެ ކަންކަން ހަމަމަގަށް ނޭޅުވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top