ކޮވިޑް ވެކްސިން ދެޑޯޒް ފުރިހަމަކޮށް އޭދަފުއްޓަށް އައިސް މިވަގުތު ކަރަންޓީނުގައި ތިބި މީހުންގެ ސާމްޕަލް ނެގުން މާދަމާ އޮންނާނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
އަތޮޅު ހޮސްޕިޓަލުން ބުނީ މާދަމާ ހެނދުނު ނުވައަކުން ފެށިގެން މި ޕްރޮގްރާމް ކުރިއަށް ގެންދާނޭ ކަމަށެވެ.
ދެ ޑޯޒް ފުރިހަމަ ކޮށް ކަރަންޓީނުގައި ތިބި މީހުންގެ ސާމްޕަލް މި ނަގަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، 14 ދުވަސް ވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަށްރަށަށް ދަތުރު ކުރުމާ ގުޅިގެން މިހާރު ހޯމް ކަރަންޓީންގައި ތިބި ފަރާތްތަކަށް، ޕިސީއާރް ނެގެޓިވް ނަތީޖާ އަކާއެކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް އެޗްޕީއޭއިން އިއުލާނު ކޮށްފައިވާތީ އެވެ.
އެޗްޕީއޭއިން ބުނީ، މިހާރު ހޯމް ކަރަންޓީންގައި ތިބި ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުދިން ވެސް ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ކަރަންޓީން ނިންމާލެވޭނެ ކަމަށެވެ.