”ކުޑަކުއްޖެއްގެ ފުރާނަ ދުއްވައިލުމަކީ މުޅި ގައުމު ކަރުނަ އަޅަން ޖެހޭ ކަމެއް“

WhatsApp-Image-2021-03-08-at-09.14.39.jpeg

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ-- ފޮޓޯ: މަޖިލިސް

ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަންޖެހޭވަރުގެ ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނުގެ ބޮޑު ޚަބަރެއްގެ ގޮތުގައި މުޅި ރާއްޖެ ސިއްސުވައިލި 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގެ ޚަބަރާއެކު މިނިސްޓަރު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ، ލޯތްބާއި، އަޅާލުމާއެކު ރައްކާތެރިކަމުގައި ބޮޑުވުމުގެ ހައްގު ލިބިފައިވާ ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

“މި ހިތާމަވެރި ދަނޑިވަޅުގައި ކުއްޖާގެ އާއިލާއަށް ތައުޒިޔާ ކިޔައި، ކުއްޖާގެ ފުރާނައަށް ރަހުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށް ދެއްވުމަށް އެދޭ ހާލު، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތް ﷲ ގެ ހަޒްރަތުގައި ދުޢާ ދަންނަވަން.” މިނިސްޓަރު އައިޝާ ދީދީގެ ޓްވީޓްގައިވެއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވާ ގިނަ ގޮންޖެހުންތައް ނައްތާލުމަށްޓަކައި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތް މިހާރަށްވުރެ ބަދަހިވެ ވަރުގަދަވާން ޖެހޭ ކަމަށެވެ.

13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާއިރު އެ ކުއްޖާ މަރާލާފައި އޮށްވާ ފެނިފައިވަނީ ރޭ ހުޅުމާލެ ފޭސް 2 ގައި މޫދުން ފޮއްޓަކަށްލާފައި އޮތްވައެވެ.

މި މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ދިވެހި ފިރިހެނެއް ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top