ލެވިސްތާ ކަޕްގެ ސެމީގެ ފަހު ޖާގަ ވެލާސިޓީއަށް

67824608_1403082956497214_5469079898662371328_n.jpg

އިއްޔެ ،ވެލާސިޓީއާއި އެމްއޭ ޔުނައިޓެޑް ބައްދަލު ކުރި މެޗްގެ ތެރެއިން -- ފޮޓޯ: ރާއި


އަލްހާ އީދުގެ މުނާސަބަތުގައި އޭދަފުށީގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ، 4-3 އިން ހުސްސޮނގުން ބަލި ކުރުމަށްފަހު ވެލާސްޕޯޓްސް، ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކޮށްފި އެވެ. 

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފް 11 ވަނަ މިނެޓްގައި ހުސްސޮނގުން ގެ އަލީ ޒުބައިރު ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. މި ގޯލް ޖެހުމާއެކު ވެލާސްޕޯޓްސް ޓީމްގެ ކުޅުން ރަނގަޅުކޮށް ހުސްސޮނގުންގެ ދިފާއީ ބާރުތައް ފޫއަޅުވާލާފައި އޭގެ 10 މިނެޓް ފަހުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. 33 ވަނަ މިނެޓުގައި ހުސްސޮނގުން އިތުރު ލަނޑެއްޖަހައި ނަތީޖާ ބަދަލު ކޮށްދިނީ ފުރަތަމަ ޖޯލްވެސް ޖެހި އަލީ ޒުބެއިރެވެ. އެއާއެކު މެޗުގެ 45 ވަނަ މިނެޓްގައި ވެލާގެ ތަސްނީމް އެޓީމަށް ގޯލެއް ޖަހައިދީގެން ނަތީޖާ ހަމަހަމަކުރިއެވެ. 

ދެވަނަ ހާފު ފަށައިގެން ގިނަ އިރުތަކެއް ނުވެ ވެލާ ޓީމްގެ އަހުމަދު ސުހެއިލް ލަނޑެއްޖަހައި ވެލާއަށް  ލީޑް ނަގައިދިނެވެ. ވެލާގެ 4 ވަނަ ގޯލް 57 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އަހުމަދު ހަލީލްއެވެ. ހުސްސޮނގުން ގެ 3 ވަނަ ޖޯލް 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ އަފްނާން އެވެ.

މި މެޗްގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ ވެލާ ޓީމްގެ ނިސާމު އެވެ..

މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ބައްދަލު ކުރީ ސައިނޯސާ އާއި އެންޖޯއި ފްރެންޑްސް އެވެ. މިމެޗު 0-9 އިން ފަސޭހަ ކަމާއެކު ކާމިޔާބުކުރީ ސައިނޯސާ އެވެ.

މި މެޗުން އެންޖޯއީ ފްރެންޑްސް ބަލިވުމުން ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުންވެސް ބަލިވެ އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމް ހޯދާފައިވަނީ ސައިނޯސާ ގެ އިޝާން އިބްރާހިމް (ސައްޓު) އެވެ.

މާދަމާ ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާާނީ ސައިނޯސާ އާއި ވެލާސްޕޯޓސް އެވެ. ދެވަނަ ސެމީގައި އެމްއޭ ޔުނައިޓެޑް އާ ދެކޮޅަށް ނުކުންނާނީ ޔުނައިޓެޑް ވީ އެވެ. މި މެޗް އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top