ސްކޫލްތަކަށް ބޭނުންވާ 10000ޓެބްލެޓް މާލެ ގެނެސްފި

C5fPxQxUwAEhPUR.jpg

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މިއަހަރުގެ ދެވަނަ ޓާމުން ފެށިގެން ބޭނުންކުރުމަށް ނިންމާފައިވާ ޓެބްލެޓްތަކުގެ ތެރެއިން ދިހަ ހާހަށްވުރެ ގިނަ ޓެބްލެޓް މާލެ ގެނެސްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކި ބައިބަޔަށް ބަހާލައިގެން ގެންނަ ގޮތަށް ހަމަޖެއްސި ޓެބްލެޓްތަކުގެ ދެ ޝިޕްމަންޓު މިހާރު ރާއްޖެ އައިސްފައިވާ ކަމަށާ ސްކޫލްތަކުގައި ޓެބްލެޓްތައް ބޭނުން ކުރަން ފަށާނީ ހުރިހާ ސްކޫލެއްގައި އެއްފަހަރާ ކަމަށެވެ.

ސްކޫލުތަކަށް ބޭނުންވާ 70000 އަށްވުރެގިނަ ޓެބްލެޓް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ މެކްސްކޮމް ކުންފުންޏާއެވެ.

ޓެބްލެޓް ބޭނުންކުރަން ފަށަންވާއިރަށް ކްލާސް ރޫމްތަކަށް ލިބެންޖެހޭ ކަނެކްޓިވީޓީ ދިނުމުގެ މަސައްކަތް ކަނޑައަޅާފައިވާ އަމާޒާ އެއްގޮތަށް ކުރިއަށްދާކަމަށާއި އަންނަ މެއި މަހުގެ ތެރޭގައި އެ މަސައްކަތްވެސް ނިންމާލެވޭނެކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

މި ޓެބްލެޓް ބޭނުންކުރުމާބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ، ދަރިވަރުންނަށް ޓެބްލެޓް ބޭނުންކުރެވޭނީ ހަމައެކަނި ތަޢުލީމީ ކަންކަމުގައި އެކަނިކަމަށެވެ. އަދި ޓެބްލެޓުން ވަދެވޭނީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ސައިޓްތަކަށް ކަމަށާ، އިންސްޓޯލް ކުރެވޭނީވެސް ވަކި އެޕްލިކޭޝަންތަކެއް ކަމުގައެވެ. ހަމައެއާއެކު ކިޔަވައިދިނުމުގައި ޓެބްލެޓް ބޭނުންކުރިއަސް ފޮތްތައްވެސް ބޭނުން ކުރާނެކަމަށް ބުނެފައިވެއެވެ.

ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުންކުރަން ނިންމާފައިވާއިރު ދަރިވަރުންނާއި ބެލެނިވެރިން ތަމްރީން ކުރުމަށް ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އަދި ހުއްޓުމެއްނެތި މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top