ވެޓަރަންސް ޓީމާ، ޕޮލިސް ބައްދަލުކުރި މެޗް ޕޮލިހަށް

jgh.jpg

ރޭ ވެޓަރަންސް ޓީމާ، ޕޮލިސް ބައްދަލުކުރި މެޗްގެ ކުޅުންތެރިންގެ ގްރޫޕް ފޮޓޯއެއް / ފޮޓޯ: އަހްމަދު ނާސިރު

އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމާ، އޭދަފުށި ފުލުހުން ކުޅުނު އެކުވެރިކަމުގެ މެޗް ފުލުހުން ކާމިޔާބު ކޮށްފިއެވެ.

ރޭ އޭދަފުށީ ފުޓްސަލް ދަނޑުގައި ކުޅެވުނު މިމެޗް ފުލުހުން ކާމިޔާބު ކުރީ 5-6 ގެ ނަތީޖާއަކުންނެވެ.

އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމްގެ މެނޭޖަރ އަހްމަދު ނާސިރު ބުނީ މިއީ މިމަހުގެ ފަހުކޮޅު ނުވަތަ އަންނަމަހު ކުރީކޮޅު ކުޅުމަށް ހަމަޖެހިފައިވާ އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމާ، މާލޭ ވެޓަރަންސް ފުޓްބޯޅަ ޓީމްގެ މެޗަށް ތައްޔާރުވުމަށް ކުޅެވުނު މެޗެއްކަމަށެވެ.

ނާސިރު ބުނީ ރޭގެ މެޗްގެ ނަތީޖާއިން ޓީމް ބަލިވިނަމަވެސް ޓީމްގެ ފިޓްނަސް އަދި އެޓޭކް ވަރުގަދަވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އޭނާ ބުނީ މާލޭގެ މެޗަށް ތައްޔާރުވުމަށް ވެޓަރަންސް ޓީމުން ކޮންމެ ދުވަހަކުވެސް ތަމްރީނުތައް ހަދަމުން އަންނަކަމަށެވެ.

“ނަތީޖާ ބުނަނީ ރޭގަ ބައްޔޭވީ. އެކަމަކު ޓީމްގެ ފިޓްނަސް އަދި ޖެހި ލަނޑުގެ އަދަދަށްބަލާއިރު އަސްލުގަ އަޅުގަނޑަށް ބުނެވޭނީ ވެޓަރަންސް ޓީމް މޮޅޭވީ. މިއީ ފުޓްބޯޅަ ނުކުޅެ ގޭގަ އެނދައްއަރާ ތިބި ބަޔަކާ، ފުލުހުންގެ ތެރެއިން އެންމެ ވަރުގަދަ ޓީމާ ކުޅުނު މެޗެއް. އެހެންވީމާ އަޅުގަނޑު މިހިރީ ހިނިއައިސްފައި” އޭދަފުށީގެ ފުޓްބޯޅައަށް ގިނަދުވަސްތަކަކު ހިދްމަތްކޮށްފައިވާ އަދި މިހާރުވެސް ހިދްމަތުގައި ދެމިހުރި ނާސިރު ބުންޏެވެ.

ނާސިރު ބުނީ ރޭގެ މެޗަކީ ސިލްސިލާކޮށް އެޓީމް ކުޅެމުންއަންނަ ފްރެކްޓިސް މެޗްތަކުގެ ގޮތުގައި ކައުންޓް ކުރާމެޗެއް ނޫންކަމަށެވެ. އަދި މާލޭގެ މެޗަށް ތައްޔާރުވާން ޑުސިޓް ތާނީއާއި، އަނަންތަރާއާއެކު މިފަދަ މެޗެއް ކުޅުމަށް ތައްޔާރުވަމުން އަންނަކަމަށް އޭނާ ބުންޏެވެ.

2019 ވަނަ އަހަރު އޮންނަ އިންޓަނޭޝަނަލް ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާޜުވަމުން އަންނަ އޭދަފުށި ވެޓަރަންސް ފުޓްބޯޅަ ޓީމުން މިދިޔަ އަހަރާ އޭގެ ކުރީއަހަރު އެކުވެރިކަމުގެ ހަމެޗް އޭދަފުއްޓާ، ބ. އަތޮޅު އަދި އަތޮޅުން ބޭރުގައި ކުޅެފައިވެއެވެ. އޭގެތެރެއިން ފަސްމެޗު ވަނީ ކާމިޔާބުވެސް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top