މަންތާ އެއާ އިން ކެބިންކުރޫން ތަމްރީނު ކުރަނީ

big_7rQh3UPiYmNhCnIM3plEYUzby-1.jpg

މަންތާ އެއަރ ގެ ބޯޓެއް ހުޅުލޭ ވައިގެ ބަނދަރުގައި

މަންތާ އެއާ ސްޕޮންސާ ކޮށްގެން ކުރިއަށް ގެންދާ ކެބިން ކްރޫން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

25 މީހުންނަށް ފުރުސަތު އޮތް މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން މީހުން އަންނަ އާދިއްތަ ދުވަހުގެ ކުރިން އެޕްލައި ކުރަން ޖެހެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ވެފައި، ޖީސީ އޯލެވެލްގެ ތިން މާއްދާއިން މަދުވެގެން “ސީ” ފާސް ލިބިފައިވާ މީހުންނަށެވެ. އަދި އެއްވެސް އެހީއަކާ ނުލާ 50 މީޓަރަށް ފެތުމުގެ ގާބިލުކަން ހުރުމާއެކު އިނގިރޭސިންނާއި ދިވެހިން ފަރިތަކޮށް ލިޔަން ކިޔަން ދަންނަން ޖެހޭނެއެވެ.

މި ތަމްރީނު ފުރިހަމަ ކުރާ ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި މިއީ މަންތާއިން ސްޕޮންސަރ ކޮށްގެން ހަ ހަފްތާގެ މުއްދަތަކަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށް މަންތާއެއާ އިން ބުންޏެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހު 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top