އަންނަ މިނިވަންދުވަހުގެ މުނާސަބަތުގައިވެސް ރޯޔަލް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމަށް ޚާއްސަ ޕެކެޖެއް ތައާރަފް ކޮށްފިއެވެ.
”މިނިވަން އުފާ” ގެ ނަމުގައި ތައާރަފުކުރި ޕެކޭޖުގެ އަގުތައް އެހެނިހެން މިފަދަ މުނާސަބަތުގައި ތައާރަފްކޮށްފައިވާ ޕެކެޖަށްވުރެ އަގު ހެޔޮވާނެކަމަށް އެރިސޯޓުން ބުނެއެވެ.
މިނިވަން ދުވަހުގެ ބަންދު ދުވަސްތަކާ ދިމާކޮށް ޕެކޭޖް ތައާރަފްކޮށްފައި ވަނީ ޖުލައި 24-30 ގެ ނިޔަލަށެވެ. އެ ޕެކޭޖްގައި ދެ މީހަކަށާއި 12 އަހަރުންދަށުގެ ކުޑަކުއްޖަކަށް ޗާޖެކުރަނީ ރެއަކަށް 2000ރ. އެވެ. އިތުރު ކުއްޖަކަށް ވަކިން 599ރ ނަގަާއިރު ތިން އިރުގެ ކެއުމާއި ދަތުރުގެ ހަރަދުގެ ގޮތުގައި ބޮޑު މީހަކަށް 800ރ. އަދި ކުޑަކުއްޖަކަށް 500ރ. ވަކިން ޗާޖުކުރެ އެވެ.
އުފާވެރި ޚަބަރަކީ އޭދަފުށިން އެ ރިސޯޓަށް ޗުއްޓީ ހޭދަކޮށްލަން ދާން ބޭނުންވާ މީހުންނަށް ރިސޯޓުން ހިލޭ ދަތުރު ހަމަޖައްސައިދެ އެވެ.
މިދިޔަ އީދު ބަންދާ ދިމާކޮށްވެސް ރޯޔަލް އިންވަނީ އަގުހެޔޮ ޕެކޭޖެއް ތައާރަފުކޮށްފަ އެވެ. އެ ޕެކޭޖްގައި ވެސް ދިވެހިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ރިސޯޓުން ބުންޏެވެ.
ރޯޔަލް އައިލެންޑް ރިސޯޓުން ބުނިގޮތުގައި ބަންދު ދުވަސްތަކާ ދިމާކޮށް ދިވެހިންނަށް ޚާއްސަ ޕެކޭޖެއް ތައާރަފްކުރަނީ އަގު ހެޔޮކޮށް އާއިލާއާއެކު ހިތްހަމަޖެހޭ، އުފާވެރި ދުވަސްތަކެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ދިނުމުގެ ގޮތުންނެވެ.