މިރެއާއި މާދަމާވެސް މޫސުން ގޯސްވެފައި ކަނޑު ގަދަވާނެ

މޫސުން-ގޯސް-ދުވަހެއް.jpg

ރާއްޖޭގެ މޫސުން މިރެއާއި މާދަމާވެސް ރާއްޖޭގެހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސްވެފައި ކަނޑު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މިރެ އާއި މާދަމާ އުތުރުގެ ރަށްތަކުގެ މޫސުން ގޯސްވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ވެސް ވިއްސާރަވާނެ ކަމަށް ލފާ ކުރެވޭ ކަމަށެވެ. އަދި މާލޭ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. ހަމަ އެއާއެކު، ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެތީ ރައްކާތެރިކަމުގެ ފިޔަޅުއަޅަން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ވަނީ މިއަދު އިލްތިމާސްކޮށްފައެވެ.

އެންޑީއެމްއޭއިން ކުރި ޓުވީޓެއްގައި ބުނީ، ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ ވިއްސާރައިގެ ސަބަބުން އާންމުކޮށް ފެންބޮޑުވާ ރަށްރަށުން ފެންބޮޑުވެގެން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެންޑީއެމްއޭއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑުމައްޗަށް ނުކުންނައިރު ސަލާމަތީ އާލާތްތައް ހަމައަށް ހުރިތޯ އާއި މުވާސަލާތީ ނިޒާމް ރަނގަޅަށް މަސައްކަތް ކުރާކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top