ކެންދޫ ގޮނޑުދޮށް ހިމާޔާތް ކުރުން: ބޮޑު ހިލައިގެ ހަތަރު ވަނަ ޝިޕްމެންޓް ގެންގޮސްފި

kendhoo-ptu5c2ksq5i1rqknf84n57t9329tiznt0j8odg1svk.jpg

ފޮޓޯ: އެމްޓީސީސީ

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހަަތަރުވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފި ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށާއި ބޭރުތޮށި ލުމުގެ މަސައްކަތުގެ 60 އިންސައްތަވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ކޮނުމުގެ އިތުރުން 803 މީޓަރު ބޭރުތޮށިލުމާއި 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

މިއީ 39.9 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top