އޭދަފުށީގައި މަގުހެދުމުގެމަސައްކަތް އަދި ނުފަށާ

ca75.jpg

ޖޫން 16ގައި އެމްއާރްޑީސީއަށް އޭދަފުށީގެ 15 މަގެއް ތާރުއަޅައިގެން ހެދުމަށް ހަވާލު ކުރި ރަސްމިއްޔާތު

އޭދަފުށީގެ 15 މަގު ތާރު އަޅައިގެން ހެދުމަށް އެމްއާރް ޑީސީ އާ ހަވާލުކޮށްފައިވީނަމަވެސް އެކަމުގެ އެއްވެސް މަސައްކަތެއް މިއަދާހަމައަށް ވެސް ފެށިފައި ނުވާއިރު މިއަދު “ހަވީރު” ނޫހުގައި ޝާއިއު ކޮށްފައިވާ ޚަބަރެއްގައިވަނީ އޭދަފުށީގައި މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދާކަމަށް އެމްއާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވެފައިވާކަމުގައެވެ.

ހަވީރު ނޫހުގައި މިކަމާބެހޭ ގޮތުން ޝާއިއުކޮށްފައިވާ ޚަބަރުގައި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވިކަމަށް ލިޔެފައިވަނީ “މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހއ. ދިއްދު އާއި ހދ ކުޅުދުއްފުއްޓާއި ހދ. ހަނިމާދު އާއި ގއ. ވިލިގިއްޔާއި ގދ. ތިނަދު އާއި ބ. އޭދަފުއްޓާއި ރ. އުނގޫފާރާއި ފުވައްމުލަކުގަ އެވެ.”

އޭދަފުށީގައި 15މަގެއް ތާރުއަޅައިގެން ހެދުމަށް އެމްއާރްޑީސީއާ ހަވާލުކޮށްފައިވަނީ މިއަހަރު ޖޫން 16ގައެވެ.

3.36 ކިލޯ މީޓަރުގެ މަގު ހަދައި ނިންމުމަށް އެމްއާރުޑީސީ އާ ހަވާލުކުރެވިފައިވާއިރު މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާތާ 380 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. އަދި މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރުމުގެ އިތުރުން ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި ޓްރެފިކް ނިޝާންތައްވެސް ހަރުކުރަން ޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top