ކެންދޫ ބަނދަރުހެދުމުގެ މަސައްކަތް ފަށައިފި

994185_906736519387762_1777691201758303929_n.jpg

ބ.ކެންދޫ

ބ. ކެންދޫގައި 540ފޫޓު 180 ފޫޓުގެ ބަނދަރެއް ހެދުމަށް މިދިޔަ ޖޫންމަަހު ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑް އާ ހައުސިން މިނިސްޓްރީއާދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ބަނދަރުހެދުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ދާކަމުގައި ކެންދޫން މައުލޫމާތު ލިބިއްޖެއެވެ.

މިއެއްބަސްވުމުގައިވާ ގޮތުން ކެންދޫގައި ހަދަނީ 540 ފޫޓް180 ފޫޓްގެ ބަނދަރެކެވެ. ބަނދަރުގެ އިތުރުން އެސަރަހައްދުގައި 262 މީޓަރުގެދިގު ކޮންކްރިޓްބްލޮކް އެއްގަމުތޮއްޓާ އެތޮއްޓާއެކު 181 މީޓަރުދިގު 5 މީޓަރުފުޅާ ޕޭމަންޓެއް ހެދިގެންދާނެއެވެ. އަދި މިހާރު ބަދަރު ތިލަވެފައިވާ ސަރަހައްދާ އަލަށްހަދާ ބަނދަރު ސަރަހައްދު މެދުދިޔައިގާ 3މީޓަރު ހުންނަވަރަށް ކޮނުމާ ނެރުބައްތިއާ އެސަރަހައްދުއަލިކުރުން ހިމެނެއެވެ.

މީގެ އިތުރުން ބޮޑުހިލަޖަހައިގެން 145 މީޓަރުގެ ކަނޑުތޮއްޓެއްލުމާ 72 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓްޖެހުމާ 87 މީޓަރުގެ ބަސްތާތޮށި ރިވެޓްމަންޓްޖެހުމާ 42 މީޓަރު ބަސްތާތޮށި ސީވޯލްއެއް ޖެހިގެން ދާނެއެވެ.

ކެޕިޓަލް އިންވެސްޓްމަންޓަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 240ދުވަހުގެ ތެރޭގައި ނިންމާގޮތަށް 29 މިލިއަން ރުފިޔާއަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top