އަންނަ ދައުރު 424 ކައުންސިލަރުންގެ މަގާމްއުވޭނެ

14327447292_6d180bb1e8_z.jpg

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން ކުރިއަށް އޮތް ދައުރުގައި ރަށުކައުންސިލާއި އަތޮޅު ކައުންސިލަށް މެންބަރުންއިންތިޚާބުކުރާއިރު 424 ކައުންސިލަރުންގެ މަގާމް އުވިގެން ދާނެކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެކައުންސިލުން ބުނި ގޮތުގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލަރުންގެ ގޮތުގައި މިހާރު ތިއްބެވި 1083 ކައުންސިލަރުންގެ ބަދަލުގައި އަންނަ ގައުރު އިންތިޚާބު ކުރަން ޖެހޭނީ 659 ކައުންސިލަރުންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައިވަނީ ދެ އިންތިޚާބީ ދާއިރާއަށްވުރެ ގިނަ ދާއިރާތައް ހިމެނޭ އަތޮޅުތަކުގެ އަތޮޅު ކައުންސިލަށް އިންތިޚާބު ކުރެވޭނީ ކޮންމެ ދާއިރާއަކުން މެންބަރެއްކަމުގައެވެ. އަދި އިދާރީ ދެދާއިރާ ހަމަވާ ދާއިރާ ތަކުން މުޅި އަތޮޅު ހިމެނޭގޮތަށް އެއަތޮޅެއްގެ ކައުންސިލަށް އިންތިޚާބު ކުރެވޭނީ 3 މެންބަރުންކަމުގައެވެ.

ރަށު ކައުންސިލްތަކަށް ބަލާއިރު 3000 މީހުންނަށްވުރެ ކުޑައާބާދީއެއް އޮންނަ ރަށްރަށުގައި ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 3 މެންބަރުންނެވެ. 3000އަށްވުރެ އިތުރުވާނަމަ 5 މެންބަރުންނެވެ.

މިބަދަލާއެކު ރަށު ކައުންސިލަރުންގެ ގޮތުގައި މިހާރު ތިއްބެވި 925 ކައުންސިލަރުންގެ އަދަދު 589އަށް ދަށްވެގެންދާނެއެވެ. އޭރުން މަހެއްގެ މައްޗަށް ބަލާނަމަ ދައުލަތުގެ މާލިއްޔާއިން އެ ސަލާމަތްކުރެވެނީ 3މިލިއަން ރުފިޔާއެވެ.

އަތޮޅު ކައުންސިލަރުންނަށް ބަލާއިރު 732 ކައުންސިލަރުންގެ ބަދަލުގައި 70 އަށް ދަށްވުމުގެ ސަބަބުން ދައުލަތުން 1.24 މިލިއަންރުފިޔާ ސަލާމަތް ކުރެވުނީއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ދައުލަތުން ކައުންސިލްތަކަށް ކުރައްވާ ހޭދައަށް ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ގުޅިގެން ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ ކަމުގައެވެ.

މިހާރު ހިނގަމުންދާ ކައުންސިލަރުންގެ މުއްދަތު ހަމަވާނީ 2017ވަނައަހަރުގެ ޖެނުއަރީ 18ވަނަ ދުވަހުއެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top