ހިލަވެލިހިފައިގެން ބ.ވައްކަރަށްއައި ބޯޓުގައި މަސްތުވާތަކެތި

mASTHU.jpg

ހިލައާއި ހިލަވެލި ހިފައިގެން ބ. ވައްކަރަށް އައިއެމްވީ ބޮންތިން ފުލުހުން ހޯދާފައިވާ 2 ކިޅޯގެ މަސްތުވާ ތަކެތި. ފޮޓޯ : ޕޮލިސް

ހިލައާއި ހިލަވެލި ހިފައިގެން ރިސޯތެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ވައްކަރަށް ހިލައާއި ހިލަވެލި ހިފައިގެން އިއްޔެ އެރަށަށް އައި އެމްވީ ބޮންތިން ދެކިލޯގެ މަސްތުވާތަކެތި ހޯދައިފިއެވެ.

ފުލުހުން މިކަމާބެހޭ މައުލޫމާތު ހާމަކުރަމުން ބުނެފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ޑިޕާޓްމަންޓުގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ހިންގި މިއޮޕްރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެބޯޓު ބަލައި ފާސްކޮށް ގާތްގަނޑަކަށް 2 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމުގައެވެ.

މިތަކެތި އަތުލުމަށްފަހު މި މައްސަލައިގައި ތުހުމަތު ކުރެވޭ 47 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރު ކޮށްފައެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. .

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top