ކެންދޫ ސްކޫލްގެ ޓީޗަރުތަކެއް ހާޒިރުނުވެގެން، މިއަދު ކިޔެވުން ބަންދު

ކެންދޫ ސްކޫލް ގޯތިތެރެ. ޓީޗަރުންތަކެއް ހާޒިރުނުވެގެން އާދިއްތަދުވަހު ކިޔެވުން ބަންދުކުރި / ފޮޓޯ: އިންޓަނެޓް

ކެންދޫ ސްކޫލް ގޯތިތެރެ. ޓީޗަރުންތަކެއް ހާޒިރުނުވެގެން އާދިއްތަދުވަހު ކިޔެވުން ބަންދުކުރި / ފޮޓޯ: އިންޓަނެޓް

ބ.ކެންދޫ ސްކޫލްގެ ނުވަ ޓީޗަރަކު ސްކޫލަށް ހާޒިރުނުވުމުގެ ސަބަބުން ކިޔަވައިނުދީ ދަރިވަރުން މިއަދު ގެއަށް ފޮނުވާލައިފިއެވެ.

ކެންދޫ ސްކޫލްގެ އޮފިޝަލަކު އީވީއަށް ވިދާޅުވީ 180 ދަރިވަރުން ތައުލީމު ހާސިލްކުރަމުން އަންނަ ސްކޫލްގައި ޖުމްލަ 22 ޓީޗަރުން މަސައްކަތްކުރާ ކަމަށެވެ. އޭގެތެރެއިން 9 ޓީޗަރަކު އެކި ސަބަބުތަކާ ގުޅިގެން މިއަދު ހާޒިރުނުވާކަމަށެވެ. އެހެންނަމަވެސް އެއީ ކޮންކަހަލަ ސަބަބުތަކެއްކަމެއް އޭނާ ވިދާޅެއްނުވެއެވެ.

ކެންދޫ ސްކޫލުން ބުނީ މިއަދުގެ ބަދަލުގައި އަންނަ ހޮނިހިރުދުވަހު ސްކޫލް ހުޅުވާގޮތަށް މިހާރު ހަމަޖެހިފައިވާކަމަށާ، އެކަން ބެލެނިވެރިންނަށްވެސް އަންގާފައިވާކަމަށެވެ.

އީވީއަށް އެނގިފައިވާގޮތުގައި ކެންދޫ ސްކޫލަށް ހާޒިރުނުވާ ގިނަ ޓީޗަރުން މިއަދު ތިއްބެވީ އޭދަފުށީގައި ކިޔަވައިދޭ ޑިގްރީ ކޯހަށް އެރަށް ގޮހެވެ. އަދި ހާޒިރުނުވާ ޓީޗަރުން މިއަދު ސަލާމް ބުނެފައިވާކަމަށްވެއެވެ.

އެއްހާހަށްވުރެ ބޮޑުއާބާދީއެއް އޮންނަ ކެންދޫ ސްކޫލަށް ޓީޗަރުން ހާޒިރުނުވެގެން ސްކޫލްގެ ކިޔަވައިދިނުން ކެންސަލްކޮށްފައިވާއިރު، ބ. އަތޮޅުގެ ސްކޫލެއްގައި ފަހުގެ ތާރީހެއްގައި މިކަންހިނގި މިއީ ފުރަތަމަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top