އެމޭޗަރ ރޭޑިއޯ ބޭނުންކޮށްގެން ބ.އަތޮޅު މަދަރުސާގެ ސްކައުޓުން ޖޮޓާ ޖޮޓީ ފަށައިފި

big_HI4dqMX8W5aubu3mjA6RdHaPF.jpg

ބ.އަތޮޅު މަދަރުސާގެ ސްކައުޓުން އެމޭޗަރ ރޭޑިއޯ ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ޖޮޓާ ޖޮޓީ ހަރަކާތުގެ ތެރެއިން -ފޮޓޯ :ޕީއެސްއެމް.

ބ.އަަތޮޅު މަދަރުސާގެ ސްކައުޓް ގްރޫޕް ކަމަށްވާ ފަސްޓް ބ.ސްކައުޓް ގްރޫޕުން އެމޭޗަރ ރޭޑިއޯ ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ޖޮޓާ ޖޮޓީ (ޖަމްބޮރީ އޮން ދަ އެއަރ އަދި ޖަމްބޮރީ އޮން ދަ އިންޓަނެޓް) ހަރަކާތް ފަށައިފިއެވެ.

ދުނިޔޭގެ ސްކައުޓް ޖަމިއްޔާއިން ކޮންމެ އަހަރަކު އިންތިޒާމު ކުރާ މިހަރަކާތުގައި ބ.އަތޮޅު މަދަރުސާގެ 95 ސްކައުޓުން ބައިވެރިވެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހެއްގެ ތިންވަނަ ހަފުތާ ބަންދުގައި ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިހަރަކާތަކީ މޯލްޑިވްސް އެމޭޗަރ ރޭޑިއޯ ސޮސައިޓީ ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތެއްކަމަށް ދަރަވަންދޫ ސްކޫލުން މައުލޫމާތު ދެއެވެ.

މިހަރަކާތަކީ ސްކައުޓް ދަރިވަރުންނަށް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ސްކައުޓުންނާއި ގާރލްގައިޑުންނަށް އިންޓަރނެޓާއި އެމޭޗަރ ރޭޑިއޯގެ ޒަރީއާއިން މުވާސަލާތު ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހިންގޭ ހަރަކާތެކެވެ.

ޖޮޓާ ހަރަކާތް ފަށާފައިވަނީ މީގެ 60 އަހަރު ކުރިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top