ތުޅާދޫ ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް!

166664109_3838817056228627_7925995128329870698_n.jpg

ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސްް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ނޭޝަނަލް ޕްލޭނިން, ހައުސިންގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

ތުޅާދޫގެ އިތުރުން 4 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްވެސް މި ރަސްމިއްޔާތުގައިވަނީ އެމްޓީސީއާ ހަވާލު ކޮށްފައެވެ.

ތުޅާދޫ ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެއަގަކީ 10.13 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއުގެ ދަށުން 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއެކު 150 ދުވަހުގެތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top